07 Mar 2018, 09:28
ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލު ސަލްމާން ހާންގެ ޅިޔަނު އާޔުޝް ޝަރްމާ ބޮލީވުޑަށް ނުކުންނަ ފިލްމު "ލަވްރާތުރީ"ގެ ޝޫޓިން ފަށައިފި އެވެ.
އަބީރާޖް މީނާވާލާ ޑައިރެކްޓްކުރާ އެެ ފިލްމަކީ ލޯބީގެ ފިލްމެކެވެ. ފިލްމުގެ ޝޫޓިން މިދިޔަ އާދިއްތަ ދުވަހު ފަށައި އެ ފިލްމުގެ މަންޒަރުތައް ޝޫޓް ކުރަމުން އަންނަނީ ގުޖުރާތުގަ އެވެ.
އާޔޫޝް ބޮލީވުޑަށް ނުކުންނަ ފިލްމަށް ލަވްރާތީވާ އިރު ފިލްމުގެ އަންހެން ލީޑަކީ ވެސް ބޮލީވުޑަށް އާ މޫނެކެވެ.
ފިލްމުގެ އަންހެން ލީޑަށް ހަމަޖައްސާފައި ވަނީ ވަރީނާ ހުސައިނެވެ. އިރާގުގެ ބައްޕަ އަކާއި އަފްޣާން މަންމަ އަކަށް ލިބުނު ހުރި ހަމަ އެކަނި ކުއްޖާ ވަރީނާ އަކީ މޮޑެލް ކުރަން ދަންނަ ކުޅަދާނަ އަންހެން ކުއްޖެކެވެ. އޭނާ އަކީ ނިއުޔޯކް ފިލްމް އެކަޑަމީގެ ގްރެޖުއޭޓެއް ވެސްމެ އެވެ.
ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.