މި މަހުގެ ތިންވަނަ ދުވަހު ހދ. ނޮޅިވަރަމްގައި ދަންޖެހި މަރުވެފައިހުއްޓާ ފެނުނު ޝާހިދާ އަލީގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްފިއެވެ.

ސަން އަށްމައުލޫމާތު ދެއްވަމުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޕޯކްސްޕާސަން ވިދާޅުވީ، ފުލުހުން ކުރަމުންދާ މަރުގެ ތަހުގީގެއްގައި ޝާހިދާގެ ހަށިގަނޑު އިންޑީއާގެ ތިރުވަންތަޕޫރަމަށް މިރޭގެ ވަގުތެއްގައި ގެންގޮސްފައިވާ ކަމަށެވެ.

ޝާހިދާ މަރުވެފައި ހުއްޓައި ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ގިފިލިތެރޭންނެވެ. އަދި އޭނާގެ މަރާގުޅިގެން ޝައްކު އުފެދޭ ކަންކަން ހުރިކަމަށްވެސް ފުލުހުން ބުންޏެވެ.