06 Mar 2018, 22:05
މާލެ އަތޮޅު ކާށިދޫގައި، ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކާށިދޫ ކައުންސިލްގެ ރައީސް، އަލީ ސުލްތާން ވިދާޅުވީ، ގެއްލިގެން ހޯދަމުންދަނީ އުމުރުން 63 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ވަރަށް ފަހުން ފައިގެ އޮޕަރޭޝަނެއް ކޮށްފައިވާ އެ މީހާއަށް ހިނގެން ފެށިތާ މާގިނަ ދުވަހެއް ނުވާނެ ކަމަށް ސުލްތާން ވިދާޅުވިއެވެ.
ސުލްތާން ވިދާޅުވީ، ކައުންސިލަށް މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ އެންމެ ފަހުން ފެނިފައިވަނީ އެ ރަށުގެ މަގުމަތިން މެންދުރު 12:45 ހާއިރު ކަމަށެވެ. އަދި ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ ހަވީރު 4:33 ގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.