23 Aug 2011, 15:33
ދިގު އިންތިޒާރަކަށް ފަހު އާސެނަލްއިން ބާސެލޯނާއަށް ބަދަލުވި ސްޕެއިންގެ މިޑްފިޅްޑަރު ސެސް ފެބްރިގާސް އަށް ބާސާގެ ތަރިންގެ ޓީމަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފި އެވެ.
ގެންޕާ ޓްރޮފީ މެޗްގައި އިޓަލީގެ ނަޕޯލީ އާއި ދެކޮޅަށްކުޅެ 5-0 ލަނޑުން ބާސާއިން މޮޅުވި މެޗްގެ ފުރަތަމަ އެގާރާގައި ހިމެނުނު ފެބްރިގާސް ލަނޑެއް ކާމިޔާބުކޮށްދިނުމުގެ އިތުރުން މޮޅު ކުޅުމެއް ދައްކައި އޭނާ ވަނީ މިމެޗުގައި ސަޕޯޓަރުންގެ ލޯބި ހާސިލުކޮށްފަ އެވެ.
ސްޕެނިޝް ކަޕްގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅެން ލިބުނު ކުޑަ ވަގުތު ކޮޅުގެ ތެރޭގައި ލަނޑެއް ކާމިޔާބުނުކުރެވުނު ނަމަވެސް ރޭގެ މެޗުގެ 25 މިނެޓް ހަމަނުވަނީސް ފެބްރިގާސް ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ.
ފެބްރިގާސްގެ އިތުރުން ބާސާއިން ނަޕޯލީ ކޮޅަށް ޖެހި ފަސް އަނެއް ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ ސޭޑޫ ކީޓާ، ޕެޑްރޯ ރޮޑްރިގޭޒް އަދި ފެބްރިގާސް ބަދަލުގައި ކުޅެން ނުކުތް ލަޔޮނަލް މެސީ އެވެ. މެސީ ވަނީ މިމެޗްގައި ބާސާއަށް ދެލަނޑު ކާމިޔާބުކޮށްދީފަ އެވެ.