06 Mar 2018, 14:32
ހދ. މަކުނުދޫ ހުޅަނގުން ހަމޭލު ބޭރުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ސަން"އަށް މިއަދު ވިދާޅުވީ މަކުނުދޫގެ ހުޅަނގު ދެކުނު ބޭރުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"މިއަދު 12:55 އެހާކަންހާ އިރު ފުލުހުންނަށް މައުލޫމާތު ލިބުނީ. އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން،" ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަދި ވެސް ހަށިގަނޑު އޮތީ އެ ސަރަހައްދު ކަނޑުގަ އެވެ. އަދި ފުލުހުން އެ ހަށިގަނޑު ނެގުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މަރުވެފައިވާ މީހަކީ ކޮން ގައުމެއްގެ މީހެއްކަން އަދި ކޮން ޖިންސެއްގެ މީހެއްކަން ވެސް އަދި ވަނީ ކަށަވަރުވާގޮތް ނުވެފަ އެވެ.