05 Mar 2018, 19:22
އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު ކުރިއަށް ގެންދާ މުޒާހަރާ، "ޒުމްބާ ކްލާހެއް"ގެ ގޮތުގައި ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިންމަނިކު ސިފަކުރައްވައިފިއެވެ.
އެކެއް ފެބްރުއަރީން ފެށިގެން އިދިކޮޅުފަރާތްތަކުން އެމްޑިޕީ ހަރުގެ ކައިރީގައި ފަށައިގެން މާލޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ ހަރަކާތްތަކާ ގުޅޭގޮތުން، ނިހާން ވަނީ އޭނާގެ ޓްވީޓާ އެކައުންޓުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އިއްޔެ އޭނާ ކުރެއްވި ޓްވީޓެއްގައިވަނީ، ރޭ ޒުމްބާ ކްލާސް ކުރިއަށް ދޭ ތޯ ސުވާލު ކުރައްވާފައެވެ.
Kobaa Mirey Zumba Class kuriah eba dhey tha?
— Ahmed Nihan (@ahmed_nihan)March 4, 2018
އަދި ރޭ އިދިކޮޅުން ކުރިއަށްގެންދިޔަ ހަރަކާތްތައް ދައްކުވައިދޭ ވީޑީއޯއަކާ އެކު ނިހާން ވިދާޅުވީ ރޭ "ޒުމްބާ ކްލާސް ނަގައިދިނީ ބޯނެއް ވާވު" ކަމަށެވެ.
Reyga Zumba Class nagaidhinee boa neiy vaavu kamah vanee.pic.twitter.com/gftignvM9B
— Ahmed Nihan (@ahmed_nihan)March 4, 2018
އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގެ ކައިރީގައި ކުރިއަށްގެންދާ ހަރަކާތްތަކަށް ނިހާން ފާޑު ވިދާޅުވެފައިވާއިރު، ކޮންމެ ރެއަކުވެސް އެމްޑީޕީ ހަރުގެ ކައިރީގައި ލަވަ ޖަހައެިގެން ތަފާތު ޝުއޫރު ފާޅު ކުރުން އިދިކޮޅުން ކުރިއަށް ގެންދެއެވެ.
ނިހާންގެ އެ ޓްވީޓާ ގުޅިގެން ގިނަ ބަޔަކު އޭނާއަށް ޓްވިޓަރގައި ވަނީ ފާޑުކިޔާފައެވެ.