05 Mar 2018, 17:16
ރާއްޖޭގެ އިވެންޓްސް މެނޭޖްމެންޓް ކުންފުނި ހައިރައިޒާއި، ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާ މަޓާޓޯ ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސާދީ އެކި ދާއިރާތައް އިސްތިހާރުކުރުމަށް އިއުލާނުކޮށްފައިވާ ބައިނަލްއަގުވާމީ އިވެންޓް "މޯލްޑިވްސް ޝޯކޭސް"ގެ ފުރަތަމަ ފެއާ މިއަހަރުގެ ޖުލައި މަހު ބާއްވާނެކަން އިއުލާނުކޮށްފިއެވެ.
ހައިރައިޒާއި މަޓާޓޯ ގުޅިގެން ބާއްވާ ފުރަތަމަ "މޯލްޑިވްސް ޝޯކޭސް" އޮންނާނީ މިއަހަރުގެ ޖުލައި މަހުގެ 26 އަދި 27 ވަނަ ދުވަހު، ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ތާޖު ސަމުދްރާ ހޮޓެލްގައެވެ.
@HIGHRISEintin association with@matatoMVgets ready to host the 1st Edition of Maldives Show Case from 26th - 27th July 2018 at Taj Samudra , Colombo. More info : 7980088pic.twitter.com/rHO5nNDFTs
— Highrise (@HIGHRISEint)March 5, 2018
ހައިރައިޒުން ބުނެފައިވަނީ "މޯލްޑިވްސް ޝޯކޭސް" މެދުވެރިކޮށް އިސްތިހާރުކުރާނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ވިޔަފާރިއާއި، ހުނަރާއި ރަހަތައް، ނުވަތަ"ޓުއަރިޒަމް، ޓްރޭޑް، ޓެލެންޓްސް އަދި ޓޭސްޓް" ކަމަށެވެ.
އެކުންފުނިން މައުލޫމާތު ދޭ ގޮތުގައި، މި ޝޯކޭސްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލައިފައެވެ. ޝައުގުވެރިވާ ވިޔަފާރިތަކާއި ފަރާތްތަކުން 7980088 ނަމްބަރަށް ގުޅައި، ނުވަތަ[email protected]އަށް އީމެއިލްކޮށްގެން މައުލޫމާތު ސާފުކުރުމަށް ހައިރައިޒުން އެދެއެވެ.
މީގެ އިތުރުން މި އިވެންޓް ސްޕޮންސާކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. މޯލްޑިވްސް ޝޯކޭސްއަށް އެއް މެއިން ސްޕޮންސަރާއި ދެ ކޯ ސްޕޮންސަރުން ހޮވާނެކަމަށް ހައިރައިޒުން ބުނެއެވެ.