އޮސްކާ އެވޯޑު ހަފްލާގައި، މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވި ފަންނާނުންގެ ތެރެއިން މިހާރު ދުނިޔެ ދޫކޮށްފައިވާ ތަރިންގެ ހަނދާން ވަނީ އާކޮށްފައެވެ. މީގެ ތެރޭގައި ބޮލީވުޑުގެ ތަރިން ކަމަށްވާ ސަޝީ ކަޕޫރު އަދި ސްރީދޭވީ ވެސް ހިމެނެއެވެ.

ހަތްދިިހަ ނުވަ އަހަރުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސަޝީ ކަޕޫރު މަރުވީ ގިނަ ދުވަހު ބަލިވެއުޅުމަށް ފަހުއެވެ. މީގެ ދެ ހަފްތާކުރިން ސްރީދޭވީ 54 އަހަރުގައި މަރުވި އިރު ބޮލީވުޑު މިހާރުވެސް އޮތީ އެކަމުގެ ހިތާމައިގައެވެ.

ސްރީދޭވީ އާއި ސަޝީ ކަޕޫރުގެ އިތުރުން މިދިޔަ އަހަރު ދުނިޔެ ދޫކުރި އެކި ގައުމުތަކުގެ މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވި ފަންނާނުންގެ ހަނދާން އާކޮށް އެފަރާތްތަކަށް ވަނީ ޓްރިބިއުޓެއް ދީފައެވެ. އޭގެ ތެރޭގައި ކުރީގެ ޖޭމްސް ބޮންޑުގެ ތަރި ރޮގާ މޫރް، މާޓިން ލެންޑައު، ހެރީ ޑީން އަދި މެރީ ގޯލްޑް ހިމެނެއެވެ.

ޓްރިބިއުޓްގެ ލަވަ ހުށަހަޅައިދިނީ ޕާލްސް ޖޭމްސްގެ ލީޑު ވޯކަލިސްޓް އެޑީ ވެޑާ އެވެ.