05 Mar 2018, 17:24
މިއަދު ނިމިގެންދިޔަ އޮސްކާ އެވޯޑު ހަފްލާ ނިންމާލުމަށްފަހު ގެއަށް ދިޔައިރު އެންމެ އުފަލުން ޑޮބްލީ ތިއޭޓަރުން ނިކުތް އެކަކަށް ވާނީ ފެންތޮމް ތްރެޑް އިން ބެސްޓް ކޮސްޓިއުމް ޑިޒައިންގެ އެވޯޑު އުފުލާލި މާކް ބްރިޖްސް އެވެ.
އޮސްކާ އެވޯޑާއެކު މާކް އެ ތިއޭޓަރުން ނިކުތީ ޖެޓް ސްކީ އަކާއެކުއެވެ. މިއަދުގެ ހަފްލާ ފެށުމުގެ ކުރިން ހަފްލާގެ ހޯސްޓް ޖިމީ ކިމެލް ވަނީ އެވޯޑު ލިބޭ މީހުންގެ ތެރެއިން އެވޯޑާ ހަވާލުވުމަށްފަހު އެންމެ ކުރު ސްޕީޗު ދޭ މީހަކަށް ޖެޓް ސްކީ އަކާއި އެރިޒޯނާގެ ލޭކް ހަވާސޫއަށް ޓްރިޕެއް ދޭނެ ކަމަށް ބުނެފައެވެ.
ޖިމީގެ މި ހުށަހެޅުމާއެކު އަށާރަ ހާސް ޑޮލަރުގެ ޖެޓް ސްކީ އާއި ޓްރިޕް މާކްއަށް ލިބުނީ 30 ސިކުންތު ތެރޭ އޭނާގެ ސްޕީޗު ނިންމާލުމުންނެވެ.
އޮސްކާ އެވޯޑު ހަފްލާގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ހޯދީ ދަ ޝޭޕް އޮފް ވޯޓާއެވެ.