05 Mar 2018, 17:29
ފްރޭންސިސް ލޯރަންސް ޑައިރެކްޓްކޮށް އުފައްދާ ފިލްމި "ރެޑް ސްޕެރޯ" މި ހަފްތާގެ ހުކުރު ދުވަހު ޝްވެކް ސިނަމާގައި ޕްރިމިއާ ކުރުމަށް ހަމަޖެހިއްޖެއެވެ.
ދެހާސް ތޭރަވަނަ އަހަރު ޖޭސަން މެތިއުސް ލިޔުނު ވާހަކަ "ރެޑް ސްޕެރޯ"އަށް އުފެއްދި އެ ފިލްމުގެެ ސްކްރީން ޕްލޭ ލިޔުނީ އެރިކް ސިންގަރ އަދި ޖަސްޓިން ހެއިތެވެ.
ޖުމްލަ 69 މިލިއަން ޑޮލަރުގެ އެ ފިލްމުގެ ރޯލުތަކުގައި ޖެނިފަރ ލޯރަންސް، ޖޯލް އެޑްގާޓަން، މެތައިސް ފަދަ ތަރިން ހަރަކާތްތެރިވާނެއެވެ.
ރެޑް ސްޕެރޯ ވެގެންދާނީ އެކްޝަން ތްރިލަރ ފިލްމުތަކަށް ލޯބި ކުރާ މީހުންނަށް ކަމުދާނެ ފިލްމަކަށެވެ.
ޖެނިފާ ސީކްރެޓް އިންޓަލިޖެންސް ސާވިސް ޓްރެއިން ކޮށްދޭ ސްކޫލަކަށް ވަންނަ މަންޒަރު ފިލްމުން ދައްކުވައިދޭނެއެވެ. އެ ތަނުންދޭ ޓްރެއިނިންގްތައް ފުރިހަމަކޮށް އޭނާ އެޖެންޓަކަށް ވެއެވެ. ފިލްމުގައި ދެން ދައްކުވައިދޭނީ ޖެނިފަރ އޭޖެންޓަކަށް ވުމަށްފަހު އޭނާގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާ، ދިރިއުޅުމަށް ކުރިމަތިވާ ރިސްކުތަކެވެ.
ރެޑް ސްޕެރޯ އަކީ 20 ސެންޗަރީ ފޮކްސް އިން ގެނެސްދޭ ފިލްމެކެވެ.
ރެޑް ސްޕެރޯގެ އިތުރުން ފިލްމު، އަ ރިންކަލް އިން ދަ މޫވީ ވެސް ހުކުރު ދުވަހު ޝްވެކްގައި އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.