05 Mar 2018, 17:07
ރިއަލިޓީ ޓީވީ ޝޯ ކީޕިން އަޕް ވިތު ދަ ކާޑޭޝަންގެ އާއިލާ، ކާޑޭޝަން/ޖެނާ އާއިލާއަށް މިއީ އުފާވެރި ދުވަސްވަރެކެވެ. އެ އާއިލާއަށް އާ މެންބަރުންތަކެއް އިތުރުވާތީއެވެ.
ކިމް ކާޑޭޝަންއަށް ޖެނުއަރީ މަހު ވަނީ އަންހެން ކުުއްޖަކު ލިބިފައެވެ. އާއިލާގެ އެންމެ ހަގު ކައިލީ އަށްވެސް މިދިޔަ މަހު ވަނީ އަންހެން ކުއްޖަކު ލިބިފައެވެ. ކްލޯއީ ކާޑޭޝަންވެސް ބަނޑު ބޮޑުކަން އޭނާ ވަނީ މީޑިއާއަށް ޔަގީންކޮށްދީފައެވެ.
ކްލޯއީއަށް ލިބެނީ އަންހެން ކުއްޖެއްކަމަށް ކީޕިން އަޕް ވިތު ދަ ކާޑޭޝަންގައި އިއުލާނުކޮށްފައިވާއިރު، ކްލޯއީ ބުނެފައިވަނީ އެކަން އަދިވެސް ގަބޫލު ނުކުރެވޭކަމަށެވެ.
ލިބޭނީ ފިރިހެން ކުއްޖެއްކަމަށް ހީކޮށްގެން ހުއްޓާ ލިބުނު ހަބަރާއެކު ކްލޯއީ ބުނީ އަންހެން ކުއްޖެއްވިޔަސް ދަރިފުޅު ދެކެ ލޯބިވާނެ ކަމަށެވެ.
ކްލޯއީ ބަނޑުބޮޑުކަން ޔަގީންކޮށްދިނީވެސް ރިއަލިޓީ ޝޯ ކީޕިން އަޕް ވިތު ދަ ކާޑޭޝަންގެ ތެރެއިންނެވެ.