05 Mar 2018, 10:16
ނުވަދިހަ ވަނަ އޮސްކާ އެވޯޑު ހަފްލާ އެމެރިކާގެ ލޮސް އެންޖެލްސްގެ ޑޮބްލީ ތިއޭޓަރުގައި ބާއްވާފައިވާއިރު މިފަހަރުގެ އެވޯޑުގެ އެންމެ ޝަރަފުވެރި އެވޯޑު، ބެސްޓް ޕިކްޗާ ގެ އެވޯޑު ނޮމިނޭޝަންގެ އެންމެ ކުރީގައި އުޅުނު ފެންޓަސީ ތްރިލާ ފިލްމު ދަ ޝޭޕް އޮފް ވޯޓާ ވަނީ އުފުލާލައިފަ އެވެ.
އޮސްކާގެ ފާހަގަކޮށްލެވޭ އެވޯޑުތަކަށް ބަލާއިރު ބެސްޓް އެކްޓަރުގެ އެވޯޑު ހާސިލްކޮށްފައި ވަނީ ޑާކެސްޓް އަވާ އިން ގްރޭ އޯލްޑް މޭން އެވެ. ބެސްޓް އެކްޓްރެސްގެ އެވޯޑު ލިބުނީ ތްރީ ބިލަބޯޑްސް އިން ފްރާންސެސް އެކްދޯމާންޑް އަށެވެ.
އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ލިބުނީ ޝޭޕް އޮފް ވޯޓާ އިން ގުލައިލަމޯ ޑެލް ޓޯރޯ އަށެވެ. އޮރިޖިނަލް ސްކްރީން ޕްލޭގެ އެވޯޑު "ގެޓް އައުޓް" އަށް ލިބުނު އިރު އެންމެ މޮޅު އެނިމޭޓެޑް ފިލްމް އެވޯޑް ލިބުނީ ކޮކޯ އަށެވެ. އޮރިޖިނަލް ސޯންގްގެ އެވޯޑު ލިބުނީ ކޮކޯ ގައި ހިމެނޭ ލަވަ ރިމެންމްބާ މީ އަށެވެ.
ބެސްޓް ފޮރިން ލޭންގުއޭޖް ފިލްމުގެ އެވޯޑު އުފުލާލީ ސްޕެނިޝް ބަހުން ނެރެފައިވާ ފިލްމު "އަ ފެންޓާސްޓިކް ވުމަން" އެވެ. މިއީ ޗިލީ ގަައި އުފައްދާފައިވާ ފިލްމެކެވެ.
އެންމެ ރީތި ކޮސްޓިއުމްގެ އެވޯޑު ފެންތޮމް ތްރެޑް އިން މާކް ބްރިޖެސް އުފުލާލި އިރު ބެސްޓް މޭކް އަޕް އެންޑްހެއާ ސްޓައިލިންގެ އެވޯޑު ލިބުނީ ޑާކެސްޓް އަވާ އަށެވެ.
ގިނަ ބަޔަކު ހީކުރި ގޮތަށް އެވޯޑު ހަފްލާގެ ގިނަ އެވޯޑުތައް ޝޭޕް އޮފް ވޯޓާ އިން ގެންދިޔަ އިރު، ޑާކެސްޓް އަވާ އަދި ތްރީ ބިލަ ބޯޑްސް އިން ވަނީ ޝޭޕް އޮފް ވޯޓާ އާ ވަރަށް ގާތުން ވާދަކޮށްފަ އެވެ.