05 Mar 2018, 10:06
އަންނަ މެއި 19 ވާ ހޮނިހިރު ދުވަހު ޕްރިންސް ހެރީ އާއި ލޯބިވެރިޔާ މޭގަން މާކަލްގެ ކައިވެނި ކުރާނެ ކަމަށް އިއުލާނުކޮށްފައިވާ އިރު އެ ކައިވެނީގެ ދައިވަތު އާންމުންގެ ތެރެއިން 2640 މީހުންނަށް ދީފި އެވެ.
ކެންސިންޓަން ޕެލަސް އިން ކޮށްފައި ޓުވީޓްތަކުގައި ބުނެފައި ވަނީ ކައިވެންޏަށް ލަންޑަންގެ ދެ ސްކޫލެއްގެ ދަރިވަރުންތަކަކަށް ދައުވަތު ދީފައިވާ ކަމަށާއި ޝާހީ އާއިލާ ދިރިއުޅޭ ބަކިންހަމް ޕެލަސްގެ އަވަށްޓެރިންނާއި އެ ސިޓީގެ މެމްބަރުންނަށް ވެސް ކައިވެނީގެ ދައުވަތު ފޮނުވާފައިވާ ކަމަށެވެ.
އޭގެ އިތުރުން ވިންސާ ކާސަލް ކޮމިއުނިޓީގެ ބައެއް މީހުންނަށާއި އިނގިރޭސިވިލާތުގެ އެކިކަންކޮޅުތަކުގެ ޒުވާނުންނަށް ކައިވެނި ހަފްލާ އަށް ދައުވަތު ދީ އޭގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކުގައި މަސައްކަތް ކުރަމުން އަންނަ މުވަޒަފުންނަށް ވެސް ކައިވެނީގެ ދައުވަތު ދީފައިވާ ކަމަށެވެ.
އާންމުކޮށް އިނގިރޭސި ޝާހީ އާއިލާގެ ކައިވެނިތައް ކޮށްފައި ވަނީ ހަފްތާ ބަންދާ ދިމާނުވާ ގޮތަކަށެވެ. ކައިވެނީގެ ހަރަދުތައް ކުރުމަށް ހަމަޖެހިފައި ވަނީ ޝާހީ އާއިލާގެ ފަރާތުންނެވެ.
އުމުރުން 33 އަހަރުގެ ޕްރިންސް ހެރީގެ އަލަތު ކައިވެންޏަށް މި ކައިވެނި ވެގެންދިޔަ ނަމަވެސް އޭނާގެ ލޯބިވެރިޔާ އުމުރުން 36 އަހަރުގެ މޭގަން ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފަ އެވެ.
މަސްދަރު: އޭބީސީ ނިއުސް