ފެމިލީ ކޯޓުން ކުރާ ހުކުމް ތަންފީޒު ކުރުމަށް ގަވައިދެއް އެކުލަވާލައި ގެޒެޓް ކޮށްފިއެވެ.

މިއަދު އާންމު ކުރި، ފެމިލީ ކޯޓުން ކުރާ ހުކުމްތައް ތަންފީޒު ކުރުމުގެ ގަވައިދުގައި ވާގޮތުން ކޯޓުގެ އިސްނެގުމުގެ މަތިން ތަންފީޒު ކުރެވޭ ބައެއް ހުކުމްތަކެއް ހުރެއެވެ.

އެގޮތުން 15 ފެބުރުއަރީ 2015 ވަނަ ދުވަހުން ފެށިގެން ފެމިލީ ކޯޓު މެދުވެރިކޮށް ފައިސާ ދެއްކުމަށް އެ ކޯޓުން ކޮށްފައިވާ ހުކުމްތައް ތަންފީޒު ކުރެވޭނެ ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ. އޭގެ ކުރިން ކޮށްފައިވާ ހުކުމްތައް ތަންފީޒު ކުރެވޭނީ މަސްލަހަތު ހިމެނޭ ފަރާތަކުން ކޯޓަށް މައްސަލަ ހުށަހެޅުމުން ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ.

ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ޝަރީއަތަށް އެޅޭނެ ފިޔަވަޅުތަކެއްވެސް ހުކުމުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް ޕާސްޕޯޓު ހިފެހެއްޓުމާއި ފައިސާ ދައްކަންޖެހޭ ފަރާތަކުން ނުދައްކާ ހުރިނަމަ ބޭންކް އެކައުންޓް ފްރީޒް ކުރުމަށް އަމުރުކުރުމާއި ކޯޓުން އަންގާ މިންވަރެއް ކޯޓަށް ޖަމާ ކުރުމަށް ބޭންކަށް އަމުރު ކުރުން އަދި ފުލުހުންނަށް އަމުރު ކޮށްގެން ފިޔަވަޅު އެޅުން ހިމެނެ އެވެ.

ކޯޓުން ކުރާ އަމުރަކަށް ނުވަތަ ހުކުމަކަށް ނުކިޔަމަންތެރިވެ ކޯޓުގެ ހުކުމަތް ކަނޑައިފި ނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަަމަށްވެސް ގަވައިދުގައި ވަނީ ބުނެފައެވެ.