04 Mar 2018, 17:55
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މުޅިން އައުވެބްސައިޓެއް ލޯންޗުކޮށްފިއެވެ.
އެ ވެބްސައިޓް ލޯންޗުކޮށްދެއްވީ ޓޫރިޒަމް މިނިސްތަރު މޫސާ ޒަމީރެވެ.
އެމްއެމްޕީއާރުސީން ބުނީ، އެ ވެބްސައިޓުގެ ބޭނުމަކީ، ރާއްޖެ މާކެޓްކުރުމަށް ހިންގާ ހަރަކާތްތަކާ ބެހޭ މައުލޫމާތު ފަތުރުވެރިކަމުގެ ދާއިރާގެ ޕާޓްނަރުންނާއި، ސްޓޭކް ހޯލްޑަރުންނަށް ދިނުން ކަމަށެވެ.
އެ ވެބްސައީޓަކީ އެމްއެމްޕީއާރުސީއަށް އަށް އަހަރު ފުރެން ވެފައިވަނިކޮށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ފަތުރުވެރިކަން މާކެޓްކުރުމަށް ކުރާ މަސައްކަތުން ހާސިލް ކުރެވިގެން ދިޔަ ވަރަށް މުހިއްމު ލަނޑުދަނޑިއެއް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
އެ ވެބްސައިޓް މެދުވެރިކޮށް އެ ކޯޕަރޭޝަނުން ކުރިއަށްގެންދާ ފެއާތަކާއި އިވެންޓް ތަކުގެ އިތުރުން ސްޓެޓިސްޓިކް ތަކުގެ މައުލޫމާތުވެސް ލިބެން ހުންނާނެއެވެ.
އަލަށް ލޯންޗުކުރި ވެބްސައިޓަކީ: http://www.visitmaldives.com/corporate