Back
Nov 23, 2025 SUN
SUN

ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްްކޮށްފި

ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްްކޮށްފި
Lead photo

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު 2:30 އަށް ތާވަލްކުރި އެ މައްސަލައިގެ އަޑުއެހުމަށް ވަނުމަށް ނޫސްވެރިން ދިޔުމުން ކޯޓުން ވަނީ މިއަދުގެ އަޑުއެހުން ކެންސަލްވިކަން އަންގާފައެވެ. އަޑުއެހުން ކެންސަލްކުރީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ.

ފާރިސްގެ މައްޗަށް ޝަޚުސު އޮޅުވާލުމުގެ ދައުވާ އުފުލާފައިވަނީ، އޭނާ ޕީޕީއެމުން ވަކިކޮށްފައިވަނިކޮށް މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ލޯގޯއާއި ދިދަ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައި ވަނީ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

އެ ދުވަހު ސިއްރުން ހެކިބަސްދިން ދެ މީހަކު ބުނެފައި ވަނީ މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ފާރިސް ތަމްސީލްކުރެއްވީ ޕީޕީއެމް ކަމަށާއި އަދި ފާރިސް އިންނެވީ ޕީޕީއެމް ދިދައިގެ ފަހަތުގައި ކަމަށެވެ.

ނަމަވެސް ފާރިސްގެ ވަކީލް މައުމޫން ހަމީދު ސުވާލުކުރެއްވުމުން ދެ ހެކިވެރިންނަށް ވެސް ޕީޕީއެމްގެ ދިދަ ހުންނަގޮތް ކިޔައިނުދެވުނެވެ.

ހެކިބަސްދިން އެކަކު ބުނީ ޕީޕީއެމްގެ ދިދައިގައި ވަނީ ހުދު ގަހަކާއި ހަނދުފަޅިއެއް ކަމަށެވެ. ދެވަނަ ހެކިވެރިޔާ ބުނީ އެ ދިދަ ހުންނަގޮތް މިހާރު ހަނދާން ނެތް ކަމަށާއި ނަމަވެސް ދިދަ ފެނުމުން އެނގޭނެ ކަމަށެވެ.

ހެކިބަސްދިން ދެ މީހުން ވެސް ބުނެފައި ވަނީ އެ ނިއުސް ކޮންފަރެންސްގައި ފާރިސް ދެއްކެވީ ކޮން ވާހަކައެއްކަން ނޭނގޭ ކަމަށެވެ.

ދެން އޮންނަ ޝަރީއަތުގެ އަޑުއެހުމެއްގައި އޮންނާނީ ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ 47 ހެކިންގެ ތެރެއިން ހެކިބަސް ނަގާނެ މީހުންނާ މެދު ގޮތެއް ނިންމުން ކަން ޖެނުއަރީ 15 ވަނަ ދުވަހު ޝަރީއަތް ނިންމަވާލައްވަމުން ގާޒީ ވިދާޅުވި އެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics