އިންޑިއާގެ ސިނަމާތަކަށް އަންނަ ގިނަ ފިލްމު ތަކަކީ ބޮޑު ބަޖެޓަކުން އުފައްދާ އަގުބޮޑު ފިލްމުތަކެކެވެ. އެ ގައުމަކީ ސިނަމާއަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ގައުމަކަށް ވެފައި، ދުނިޔޭގެ އެންމެ ބޮޑު ފިލްމު އިންޑަސްޓްރީ އޮތީވެސް އިންޑިއާގައެވެ. މީގެ އިތުރުން އިންޑިއާގެ ފިލްމު އިންޑަސްޓްރީ އަކީ އެންމެ ބޮޑު އާމްދަނީ ލިބޭ ފަސް އިންޑަސްޓްރީގެ ލިސްޓުގައި ހިމެނޭ އިންޑަސްޓްރީއެކެވެ.

އެކި ޖޯންރާތަކުގެ ފިލްމުތައް އިންޑިއާގެ ސިނަމާތަކަށް އަންނައިރު މިއީ ބުރަ މަސައްކަތްތަކެއްކޮށްގެން އުފައްދާ އުފެއްދުންތަކެކެވެ. ބައެއް ފިލްމުތަކަށް އެތައް ބިލިއަން ރުޕީޒްއެއް ހަރަދު ކުރެއެވެ. އިންޑިއާގެ ސިނަމާތަކަށް އައިސްފައިވާ އަދި އަންނަން ހުރި ފިލްމުތަކަށް ބަލާއިރު އެންމެ އަގުބޮޑު ނުވަތަ އެންމެ ބޮޑު ހަރަދު ކޮށްގެން އުފައްދާފައިވާ ފަސް ފިލްމަކީ ކޮބައިކަން އެނގޭހެއްޔެވެ؟

1. 2.0:މިއީ އަދި ސިނަމާއަށް ނާންނަ ފިލްމެކެވެ. އެސް ޝަންކަރު ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ސައިންސް-ފިކްޝަނަލް ފިލްމެކެވެ. މި ފިލްމަށް 450 ކްރޯޑް ރުޕީޒް (4.5 ބިލިއަން) ހަރަދުކޮށްފައިވެއެވެ. އެމީ ޖެކްސަން އަދި އަކްޝޭކުމާރު މުހިއްމު ރޯލުތަކުން ފެނިގެންދާނެ މި ފިލްމު އަންނަ މަހު ރިލީޒްކުރާނެއެވެ. މިއީ އިންޑިއާގައި 3ޑީ ކޮށް ޝޫޓްކުރި ފުރަތަމަ ފިލްމުވެސްމެއެވެ.

2. ތަގްސް އޮފް ހިންދުސްތާން:އާމިރްޚާން، ކެޓްރީނާ ކެއިފް، އަމީތާބް ބައްޗަން ފަދަ ތަރިން ފެނިގެންދާ މި ފިލްމު ރިލީޒްކުރާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މި ފިލްމަށް 210 ކްރޯޑް ރުޕީސް ހަރަދުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

3. ޕަދްމާވަތު:މި އަހަރު ރިލީޒްކުރި ސަންޖޭ ލީލާ ބަންސާލީގެ މި ފިލްމަކީ ގިނަ ގޮންޖެހުންތަކެއް ކަޑައްތު ކުރުމަށްފަހު ރިލީޒކުރެވުނު ފިލްމެކެވެ. ރަންވީރް ސިންގް، ދީޕިކާ ޕަދްކޯން އަދި ޝާހިދު ކަޕޫރު މުހިއްމު ރޯލުތަކުން ފެނިގެންދާ މި ފިލްމަށް 215 ކްރޯޑް ރުޕީޒް ވަނީ ހަރަދުކޮށްފައެވެ. ފިލްމަށް ލިބޭ ތަރުހީބަށް އަދިވެސް ފަނޑުކަމެއް ނާދެއެވެ. މިހާތަނަށް 565 ކްރޯޑަށްވުރެ ބޮޑު އާމްދަނީއެއް ފިލްމަށް ވަނީ ލިބިފައެވެ.

4. ޓަައިގާ ޒިންދާހޭ:ހުސްވި އަހަރު ނެރުނު މި ފިލްމުގެ ލީޑުން ފެންނަނީ ސަލްމާން ހާން އަދި ކެޓްރީނާ ކެއިފްއެވެ. މިއީ 2012 ވަނަ އަހަރު ނެރުނު އޭކްތާ ޓާއިގާގެ ސީކުއެލް އެކެވެ. އަލީ އައްބާސް ޒަފަރުގެ މި ފިލްމަށް 210 ކްރޯޑު ރުޕީސް ހަރުދުކުރިއެވެ.

5. ބަހޫބަލީ: ދަ ކޮންކްލޫޝަން: މި ފިލްމަށްވެސް 210 ކްރޯޑް ރުޕީސް ހަރަދުކުރިއެވެ. މިއީ ބަހޫބަލީ: ދަ ބިގިނިންގެ ދެވަނަ ބައެވެ. ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

މީގެ އިތުރުން ދެން އެންމެ ބޮޑު ހަރަދުކޮށްގެން އުފެއްދި އިންޑިއާގެ ފިލްމުތަކުގެ ތެރޭގައި ހިމެނެނީ 161 ކްރޯޑު ރުޕީސް ހަރަދުކޮށްގެން 2016 ވަނަ އަހަރު އުފެއްދި ފިލްމުދިލްވާލޭއާއި، 180 ކްރޯޑުގެ ބަޖެޓަކުން އުފެއްދިޕްރޭމް ރަތަން ދަން ޕަޔޯގެ އިތުރުން 2015 ވަނަ އަހަރު 180 ކްރޯޑުގެ ބަޖެޓަކުން އުފެއްދިިބަހޫބަލީ ދަ ބިގިނިން އެވެ.