04 Mar 2018, 17:24
ހިއުމަން ރިސޯސް (އެޗްއާރް)ގެ ދާއިރާއަށް ކޮށްފައިވާ ޚިދުމަތް ފާހަގަކޮށް 2 ފަރާތަކަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ދީފިއެވެ.
އެ އެވޯޑް ދީފައިވަނީ އެޗްއާރް މޯލްޑިވްސް އިން ރޭ ދަރުބާރުގޭގައި ބޭއްވި ފިފްޓީ މޯސްޓް ޓެލެންޓެޑް އެޗްއާރ ލީޑާރސް އެވޯޑް ޙަފްލާގައެވެ.
އެ ހަފްލާގައި ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ދީފައިވަނީ، ސިމްޑީ ގްރޫޕްގެ ޗެއަރމަން އިބްރާހީމް މުޙައްމަދު ދީދީއަށާއި ފިހާޅޮހި މޯލްޑިވްސްގެ އެގްޒެކެޓިވް ހައުސްކީޕަރ ޙުސެއިން ޝުކުރީއަށެވެ.
ސިމްޑީގެ ޗެއަރމަން އިބްރާހީމް މުޙައްމަދު ދީދީއަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ދީފައިވަނީ އޭނާގެ ލީޑާޝިޕްގެ ދަށުން މީހުން ބިނާކުރުމާއި މީ ހުން ތަރައްގީކޮށް ކުރިއަރުވަން މަސައްކަތް ކޮށްފައިވާތީއެވެ. އަދި ޙުސެއިން ޝުކުރީއަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑްދީފައިވަނީ އެއް ކުންފުންޏެއްގައި 25 އަހަރަށްވުރެ ގިނަ ދުވަސްވަންދެން މަސައްކަތް ކޮށްފައިވާ ތީއެވެ. އެގޮތުން ފިހާޅޮޅީގައި ޝުކުރީ މަސައްކަތް ކުރަމުން އަންނަތާ މިހާރު ވަނީ 31 އަހަރު ވެފައެވެ.
ރޭގެ ހަފްލާގައިވަނީ، ރާއްޖޭގެ ކުންފުނިތަކުގެ ހިއުމަން ރިސޯސް ދާއިރާގައި އިސްކޮށް މަސައްކަތްކުރާ މީހުންގެ ތެރެއިން 50 ފަރާތެއް ފާހަގަކޮށް އެވޯޑުދީފައެވެ. އެއީ އެ އެވޯޑަށް ކުރިމަތިލީ 174 މީހުން އިވެލުއޭޓް ކުރުމަށްފަހުގައެވެ.