ކާމިޔާބު ބަތަލާ އަނުޝްކާ ޝަރްމާގެ އެންމެ މޮޅު ފިލްމަކީ "ޕަރީ" ކަމަށް އޭނާގެ ފިރިމިހާ ވިރާޓް ކޯލީ ބުނެފި އެވެ.

އިންޑިއާގެ ނަން މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ބުނީ އަނުޝްކާގެ އެންމެ "ބެސްޓް" އެ ފިލްމުން ފެނިފައިވާ ކަމަށެވެ. "އެ ފިލްމަކީ އޭނާގެ އެންމެ ކާމިޔާބު މަސައްކަތް" ވިރާޓް ކުރި ޓްވީޓްގައި ބުނެފައިވެ އެވެ.

ވިރާޓް ބުނީ އަނުޝްކާގެ މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށާއި ފިލްމު ބަލަމުން ދިޔައިރު ބިރު ގަތްް ކަމަށެވެ.

"ޕަރީ" އަށް ގިނަ ބަޔަކު ތައުރީފު ކުރަމުން އަންނަ އިރު އެ ފިލްމަށް ކްރިޓީކުންގެ ތައުރީފް ވެސް އަންނަނީ ލިބެމުންނެވެ.

އަނުޝްކާގެ ޕްރޮޑަކްޝަން ކުންފުނިން އުފައްދާ ތިން ވަނަ ފިލްމު "ޕަރީ"ގެ ޑައިރެކްޓަރަކީ ޕްރޮސިތު ރޯއީ އެވެ. އެ ފިލްމަކީ ބިރުވެރި ފިލްމެކެވެ.