03 Mar 2018, 20:23
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރު ބަޣާވާތަކުން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ތިން ފުލުހަކު ހައްޔަރުކޮށްފިއެވެ.
"ސަން"އަށް އެންގިފައިވާ ގޮތުގުގައި އެ ތިން ފުލުހުން ވެސް ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ. އަދި އެ ތިން މީހުންގެ ތެރޭގައި ހިމެނެނީ ސްޕެޝިލިސްޓް އޮޕަރޭޝަން (އެސްއޯ) ގައި މަސައްކަތް ކުރާ ފުލުހުން ކަމަށް ވަނީ އެނގިފައެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލް ވަނީ ލިބޭ ގޮތް ނުވެފައެވެ. ނަމަވެސް "ސަން" އަށް އެނގިފައިވާ ގޮތުގައި އެ ތިން މީހުންގެ ތެރޭގައި އުތުރުގެ އަތޮޅަކަށް ނިސްބަތްވާ ދެ ފުލުހަކު ހިމެނެއެވެ.
ތިން ފުލުހަކު ހައްޔަރުކޮށްފައިވައިރު، ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ފަސް ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ރައީސް ޔާމީން ވަނީ ދާދިފަހުން ވިދާޅުވެފައެވެ.
ރައީސް މިހެން ވިދާޅުވިއިރު، ފުލުހުންގެ ސްވޮޓްގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފު ވަނީ ދާދިފަހުން ފުލުހުންގެ ވަޒީފާއިން ވަކިކޮށްފަ އެވެ. ސައިފްގެ އިތުރުން އޭރު ފަސް ފުލުހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތު "ސަން" އަށް ވަނީ ލިބިފައެވެ.