03 Mar 2018, 10:34
ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާގެ ފިލްމު "ޕަރީ" ޕާކިސްތާނުގައި އެޅުވުން މަނާކޮށްފިއެވެ.
ޕާކިސްތާނުގެ ސެންސަރު ބޯޑުން ނެރުނު ބަޔާނުގައި ބުނީ ފިލްމު "ޕަރީ"ގައި އިސްލާމްދީނާ ހިލާފު ކަންތައްތަކެއް ހުރެ، އުސޫލުތަކާ ފުށުއަރާފަދަ ވާހަކަތަކެއް އެ ފިލްމުގައި އެކުލެވިގެން ވާތީ ޕާކިސްތާނުގައި އެ ފިލްމު ދެއްކުން މަނާ ކުރީ ކަމަށެވެ.
"ޤުރުއާނުގެ ބައެއް އާޔަތްތަށް ނުބައި ގޮތަކަށް ފިލްމުގައި ބޭނުންކޮށްފައިވާތީ ފިލްމު ދެއްކުން މަނާ ކުރީ،" ކަމަށް ސެންސަރު ބޯޑުން ބުންޏެވެ.
އަނުޝްކާގެ ޕްރޮޑަކްޝަން ކުންފުނިން އުފެއްދި ތިން ވަނަ ފިލްމު "ޕަރީ"ގެ ޑައިރެކްޓަރަކީ ޕްރޮސިތު ރޯއީ އެވެ.
ޕަރަމްބްރާތާ ޗެތަރްޖީ، ރަޖަތު ކަޕޫރު އަދި ރިތާބަރީ ޗަކްރަބޯޓީ ވެސް ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.
ދާދި ފަހުން އަކްޝޭ ކުމާރުގެ "ޕެޑްމޭން" ވެސް ވަނީ ޕާކިސްތާނުގައި ދެއްކުން މަނާކޮށްފައެވެ.
މަސްދަރު: ނިއުސް