ކެރަމް ހޯލުގައި މިހާރު ކުރިއަށްދާ އެއް ވަނަ އޯލްސްޕޯޓްސް ރަމަޒާން ކެރަމް ކަޕްގެ ސިންގަލްސް އިވެންޓުގެ ފައިނަލަށް އަންހެން އަދި ފިރިހެން ބައިން ކުޅުންތެރިން ހޮވިއްޖެ އެވެ.

ފިރިހެނުންގެ ބައިގެ ފައިނަލްގައި ބައްދަލު ކުރާނީ ޝާފީ މުހައްމަދާއި ހުސެއިން ނީޝާމެވެ. އަދި ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ހަސަން ނާޒިމާއި އަހްމަދު ހާމިދެވެ.

އަންހެން ބައިގެ ފައިނަލްގައި ބައްދަލު ކުރާނީ އައިޝަތް ޝަޒްނާ އާއި އައިމިނަތް ނިފާޝާއެވެ. އަދި ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ އައިމިނަތް ވިޝާމާ އާއި އަފީފުއްނިޝާ އެވެ.

ސިންގަލްސް ފައިނަލްގެ އިތުރުން ޑަބްލްސް އިވެންޓުގެ ފައިނަލް މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ.