02 Mar 2018, 20:38
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ފުރަތަމަ ކާފަ ދަރިކަލުން ލިބިވަޑައިގެންފިއެވެ.
އެނގިފައިވާ ގޮތުން ރައީސް ޔާމީނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް މިވަގުތު ހުންނެވީ ރާއްޖޭން ބޭރުގައި މާމަ ދަރިކަލުންގެ އަރިހުގައެވެ. ނަމަވެސް ހުންނެވީ ކޮން ގައުމެއްގައި ކަމެއް ސާފުވާ ގޮތެއް ނުވެއެވެ.
ރައީސް ޔާމީނަށް ކާފަ ދަރިކަލަކު ލިބިވަޑައިގެންފައި ވަނީ އެމަނިކުފާނުގެ ދަރިކަނބަލުން އާދާ އަބްދުﷲ ޔާމީންގެ ފަރާތުންނެވެ.
Congrats to HEP Yamin and First-lady Madam Fathumath Ibrahim.
Happy “Kaafa” and “Maama” ????pic.twitter.com/56GXlbcDVY— Ahmed Nihan (@ahmed_nihan)March 2, 2018
އެކަމާ ގުޅިގެން ޕީޕީއެމްގެ މެމްބަރުންނާއި ރައީސް ޔާމީނުގެ ސަޕޯޓަރުން ދަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް މަރުހަބާ ކިޔަމުންނެވެ.