02 Mar 2018, 14:16
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ސުޕްރިންޓެންޑެންޓް މުހައްމަދު އާސިފް ވަޒީފާއިން ވަކިކޮށްފި އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އާސިފް އެ މަގާމުން ވަކިކޮށްފައިވަނީ އިއްޔެގައެވެ. ނަމަވެސް އޭނާ އެ މަގާމުން ވަކިކުރި ސަބަބެއް އެނގިފައެއް ނުވެއެވެ.
އާސިފް މަގާމުން ވަކި ކުރިއިރު އޭނާ ހުންނެވީ މިދިޔަ އަހަރު އޮގަސްޓްމަހުގެ 14 ވަނަ ދުވަހުން ފެށިގެން އެމްސީއެސް ސުޕްރިންޓެންޑެންޓްގެ މަގާމުން ސަސްޕެންޑް ކޮށްފައެވެ.
ކަރެކްޝަންގެ ވަޒީފާގައި އުޅުއްވާތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އާސިފް ސަސްޕެންޑް ކުރިއިރު، އޭނާ އެންމެ ފަހުން ހުންނެވީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރު ހިންގުމާ ހަވާލުވެގެންނެވެ. އަދި އޭގެ ކުރިން މާފުށި ޖަލު ބެލެހެއްޓުމުގެ އެންމެ އިސްވެރިޔާގެ މަގާމުވެސް އަދާ ކުރެއްވި އެވެ.