02 Mar 2018, 14:19
ލަވް ރަންޖަން ޑައިރެކްޓު ކުރި ކޮމެޑީ ޑްރާމާ "ސޯނޫ ކޭ ޓީޓޫ ކީ ސްވިޓީ"އަށް ފަސް ދުވަހުގެ ތެރޭގައި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީ އެއް ލިބިއްޖެއެވެ.
ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ އެ ފިލްމަށް މިހާތަނަށް ވަނީ 360 މިލިއަން ރުޕީސް ލިބިފައެވެ. ޓްރޭޑް އެނަލިސްޓް ތަރަން އާދާޝްގެ ޓުވީޓެއްގައި ބުނީ އަހަރު ތެރޭ އެންމެ ވިޔަފާރި ރަނގަޅު ތިން ވަނަ ފިލްމަށް އެ ފިލްމުވެފައިވާ ކަމަށެވެ.
"ސޯނޫ ކޭ ޓީޓޫ ކީ ސްވިޓީ" ލީޑު ރޯލުން ފެނިގެންދާނީ ކާތިކް އާރްޔަން، ނުޝްރަތު ބަރޫޗާ އަދި ސަނީ ސިންހް އެވެ. އެ ފިލްމަށް ބެލުންތެރިންގެ އާދަޔާ ހިލާފު ތަރުހީބެއް ލިބެމުން އަންނަ އިރު އެ ފިލްމު ސިމަނާ ތަކުގައި އަދި ވެސް އަންނަނީ ދައްކަމުންނެވެ.
ކުރިއަށް އޮތް ހަފްތާގައި ފިލްމު ސިނަމާތަކުގައި އެޅުވުމުގެ ސަބަބުން ފިލްމުގެ ވިޔަފާރި މައްޗަށް ޖެހިލާނެ ކަމަށް ވެސް ބެލެވެއެވެ.
މަސްދަރު: އެންޑީޓީވީ