23 Aug 2011, 10:54
ޓްރިޕޮލީ (އޮގަސްޓް23) : ލީބިޔާގެ ޒަޢީމް ހުންނެވީ އަމާން ތަނެއްގައި ކަމަށާއި ހަނގުރާމަވެރިންގެ ބިރު ގައްޒާފީ އަށް ނެތްކަމަށް އޭނާގެ ދަރިކަލުން ސައިފުލްއިސްލާމް ވިދާޅުވެއްޖެއެވެ.
ސައިފުލްއިސްލާމްހައްޔަރުކުރެވިފައިވާކަމަށްލީބިޔާގެހަނގުރާމަވެރިންބުނެފައިވީނަމަވެސްޓްރިޕޮލީގެބާބުލްޢަޒީޒިއްޔާސަރަޙައްދުންރޭސައިފުލްއިސްލާމްފެނިފައިވާ ކަމަށާއި ޓްރިޕޮލީގައި ބޭރުގެ މުރާސިލުންތިއްބަވާ ހޮޓަލަށް މިއަދު ހެނދުނު ސައިފުލްއިސްލާމް ވަޑައިގެން ބޭރުގެ މުރާސިލުންނާވަނީ ބައްދަލުކުރައްވާފައެވެ.
ބޭރުގެ މުރާސިލުންނާ ވާހަކަ ދައްކަވަމުން ސައިފުލްއިސްލާމް ވިދާޅުވީ ހަނގުރާމަވެރިން ޓްރިޕޮލީގައި ޖެހުނީ ދަންތުރައެއްގައި ކަމަށާއި ޓްރިޕޮލީ އަދިވެސް އޮތީ އޭނާގެ ބައްޕައަށް ވަފާތެރި ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި ކަމުގައެވެ. ހަނގުރާމަވެރިން ޓްރިޕޮލީން ބޭރުކޮށްނުލަނީ ގައްޒާފީގެ ރޭވުމަކުން ކަމަށާ ހަނގުރާމަވެރިންނަށް ކާމިޔާބު ނުލިބޭނެ ކަމަށާއި ގައްޒާފީވެސް ހައްޔަރު ނުކުރެވޭނެ ކަމަށް ސައިފުލްއިސްލާމް ވިދާޅުވިއެވެ.
ޚަބަރުތައް ބުނާގޮތުން ކުރިޔާ ޚިލާފަށް ގައްޒާފީއަށް ވަފާތެރި ސިފައިންނާއި ހަނގުރާމަވެރިންނާ ދެމެދު ޓްރިޕޮލީގެ އެތަށް ސަރަޙައްދެއްގައި މިހާރުދަނީ ވަރަށް ވަރުގަދައަށް ހަނގުރާމަ ހިނގަމުންނެވެ. އަދި ދެފަރާތަކުން ޓްރިޕޮލީއަށް ވަންނަން މަސައްކަތްކުރި ހަނގުރާމަވެރިންގެ ލަޝްކަރުތަކެއް ވަނީ ބަލިކޮށްލެވިފައެވެ. މިޚަބަރުތަކަށްފަހު ދެއްވި ބަޔާނެއްގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެފައިވަނީ ޓްރިޕޮލީގެ ހަޤީޤީ ޙާލަތު އަދި ސާފުނުވާ ކަމުގައެވެ.
(ނޫސްއެޖެންސީތައް)