19:00


ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ނުފޫޒު ފޯރުއްވަވާ ކަމަށް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެފައިވާ ވާހަކަފުޅަށް ދެކޮޅުހައްދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވެއްޖެ އެވެ.


ޒުހޭރު ވިދާޅުވީ އެކަމުގައި ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ ރޭގެ ވަގުތެއްގައި ގުޅުއްވާފައި ވަނީ، ކޮމިޓީގެ މުގައްރިރު ތަކުރާރުކޮށް ގަވައިދާ ހިލާފުވެވަޑައިގަންނަވަމުން ގެންދަވާތީ އެކަން މަޖިލީހުގެ ރައީސަށް އެނގިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ފެނިވަޑައިގެން އެކަމާ ބެހޭ މައުލޫމާތު އޮޅުންފިލުއްވެވުމަށް ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.


ގުއަންޓަނާމޯބޭ މައްސަލާގައި ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ސަރުކާރުގެ ބޭފުޅުން ހާޒިރުކުރުމަށް އަންގާފައިވާ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ނުފޫޒު ފޯރުއްވެވުމަށް މަސައްކަތް ކުރައްވައިފައިވާ ކަމަށް ޔާމީން ވަނީ ވިދާޅުވެފަ އެވެ.