ޔަންމާ ޖަނަރޭޓަރަށް ހާއްސަ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އެމްޓީސީސީ އިން ފަށައިފިއެވެ.

"ސާބަސް ޔަންމާ" ގެ ނަމުގައި މުޅި މާޗްމަހު ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮމޯޝަންގެ ދަށުން ބައްލަވައިގަންނަވާ ޔަންމާ އިންޖީނަށް 15 ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ. މިރޭ ސޯލްޓް ކެފޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެމްޓީސީސީގެ ޗެއާމަން އަހުމަދު ނިޔާޒެވެ.

ސާބަސް ޔަންމާ ޕްރޮމޯޝަން ފެށުން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އެމްޓީސީސީ އިން އަންނަނީ ޔަންމާ ބްރޭންޑުގެ ތިން މޮޑެލެއްގެ ޖެނެރޭޓަރު ވިއްކަމުންނެވެ. އެއީ ޔަންމާ ކޮންޕެކްޓް ޖަނަރޭޓަރާއި މެރިން ޑީސަލް ޖެނެރޭޓަރު އަދި އިންޑަސްޓްރިއަލް މަސައްކަތަށް ހާއްސަ ޔަންމާ ޑީސަލް ޖެނެރޭޓަރެވެ.

މިއަދު މި ފެށި ޕްރޮމޯޝަނަކީ އޮޑިވެރިންނަށާއި ރިސޯޓުތަކަށް އަދި އިންޑަސްޓްރިއަލް ހިދުމަތްދޭ ފަރާތްތަކަށް ހާއްސަކޮށްގެން ފެށި ޕްރޮމޯޝަނެކެވެ.

ސާބަސް ޔަންމާ ޕްރޮމޯޝަން ފެށުން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އެމްޓީސީސީ ކަށަވަރު ޝޯރޫމުން ގަންނަ ޔަންމާ ޖަނަރޭޓަރުގެ ތެރެއިން ވަގުތުން ފައިސާ ދައްކާ ފަރާތްތަކަށް މި ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓް ލިބޭނެއެވެ.

ޔަންމާ އަކީ މާކެޓުގައި އެންމެ އިތުބާރު ކުރެވޭ އިން ބްރޭންޑުގެ ތެރޭގައި ހިމެނޭ ބްރޭންޑެކެވެ. އެންޓީސީސީ އިން ބުނީ ޔަންމާ ޖަނަރޭޓަރުގެ ޑިމާންޑު އެންމެ ބޮޑީ މެރިން ސެކްޓާގައި ކަމަށެވެ. މިއީ ތެލުގެ ހަރަދު ކުޑަ، ތިމާވެއްޓާ ރައްޓެހި ޖަނަރޭޓަރެއްކަމަށް އެމްޓީސީސީ އިން ބުނެއެވެ.