01 Mar 2018, 17:56
ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.
ސުޕްރީމް ކޯޓުން އޭނާ އަށް ފޮނުވާފައިވާ "ކޯޓަށް ހާޒިރުވުމުގެ އަމުރު" ގައި ބުނެފައިވާގޮތުގައި އަލީ ހުސައިން އެ ކޯޓަށް ހާޒިރުވާން ޖެހެނީ އާދީއްތަ ދުވަހުގެ މެންދުރުފަހު 1:30 އަށެވެ.
އެ އަމުރުގައިވާގޮތުން އަލީ ހުސައިން ކޯޓަށް ހާޒިރުކުރަނީ ކޯޓުގެ ބޭނުމަކަށެވެ.
އޭނާ ކޯޓަށް ހާޒިރުކުރަނީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.
ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ 2016 ވަނަ އަހަރު ސުޕްރީމް ކޯޓުން އޭނާ ސަސްޕެންޑުކުރުމަށްފަހު މިއަހަރު ވަނީ އޭނާގެ ސަސްޕެންޝަން އުވާލާފައެވެ.