ނ. އެކުޅިވަރު ތަރައްގީކުރަމުން އައި އީއެންއޭ ހޮޓެލް ހޯލްޑިންގްސްއިން މޯލްޑިވްސް ޓުއަރިޒަމް ޑިވަލޮޕްމެންޓް ކޯޕަރޭޝަނަށް 29.5 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ނ. އެކުޅިވަރު ތަރައްގީކުރަމަށް ސަރުކާރުން ހަވާލު ކުރީ 2008 ވަނަ އަހަރު އެމްޓީޑީސީ އަށެވެ. އެމްޓީޑީސީން އެކުޅިވަރު ސަބް ލީޒް އުސޫލުން އައިއީއެންއޭ ހޮޓެލްސްއާ ހަވާލު ކުރީ 180 އެނދުގެ ޓުއަރިސްޓް ރިސޯޓެއް ތަރައްގީ ކުރާށެވެ.

އެމައްސަލާގައި އެމްޓީޑީސީ އިން ކޯޓުގައި ދައުވާ ކުރީ ސަބް ލީސް ރެންޓުގެ ގޮތުގައި ދައްކަން ޖެހި ނުދައްކާ ހުރި ފައިސާ އައިއީއެންއޭ ހޮޓެލްސްގެ ފަރާތުން ހޯދުމަށެވެ. އެ މައްސަލަ ބަލައި ސިވިލް ކޯޓުން އިއްޔެ ހުކުމް ކުރީ ސަބްލީސް އެގްރިމެންޓްގެ ދަށުން 29.5 މިލިއަން ޑޮލަރު އައިއީއެންއޭ ހޮޓެލްސް އިން އެމްޓީޑީސީއަށް ދެއްކުމަށެވެ.

އެފައިސާ އަކީ އެ ކުންފުނިން ކޮންޓްރެކްޓް އެވޯޑުގެ ގޮތުގައި ކުރިން ދައްކާފައިވާ 7.8 މިލިއަން ޑޮލަރު އުނިކުރުމުން މިހާރު ޖެހޭ އަދަދު ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

2016 ވަނަ އަހަރުގެ މޭ މަހުގެތެރޭގަ އެވެ. އެއީ އެ ރިސޯޓު ތަރައްގީކުރަން ދިން މުއްދަތުގެ ތެރޭގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ އެވެ. މިދިޔަ އަހަރު އެވެ.