01 Mar 2018, 11:08
މާލެއަށް ސާފު ފެން ފޯރުކޮށްދެމުންދާ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްއީ) އިން ފެނުގެ ވިއުގައިގެ މެއިންޓޭނަންސް މަސައްކަތްތަކަކަށް މާލޭގެ ބައެއް ހިސާބުތަކުން މިރޭ ފެން ކަނޑާލަން ހަމަ ޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޑަބްލިއުއެސްއީން ބުނީ މިރޭ ދަންވަރު 12:00 އިން ފަތިހު 5:00 އަށް ފެން ކަނޑާލަން ހަމަ ޖެހިފައިވަނީ މާފަންނު މާފަތްތަކުރުފާނު މަގުގައި ހިމެނޭ ބްލޮކް 383، 384، 385 އަދި 386 އިންނާއި ބޮޑުތަކުރުފާނު މަގުން މާފަތްތަކުރުފާނު މަގާއި ކޮއިމަލާ ހިނގުމާ ގުޅޭ ހިސާބުތަކުގައި ހުރި ބްލޮކް 362، 378، 382 އަދި 386 އިން ކަމަށެވެ.
ފެން ކަނޑާލާ ގަނޑީގައި ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއުއެސްއީން ރައްޔިތުންގެ ފަރާތުން ވަނީ މައާފަށް ވެސް އެދިފައެވެ.
މާލޭފެ ފެނުގެ ވިއުގަ ވަރުގަދަކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ދޭތެރެ ދޭތެރެއިން އެމްޑަބްލިއުއެސްއީން އަންނަނީ ކުރަމުން ކަން ފާހަގަކޮށްލެވެއެވެ.