01 Mar 2018, 11:10
ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދައަށް އެދި މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ ޑިޕާޓްމެންޓަށްފޯމު ހުށަހެޅުމަށް އެދޭ ކަމަށެވެ.
ވަކީލު ކަމުގެ ހުއްދައަށް އެދޭ ފޯމު ހުށަހަޅާއިރު ފޯމާއެކު ހުށަހަޅަން ޖެހޭ ހުރިހާ ތަކެއްޗެއް ހުށަހެޅުމަށް ޑީޖޭއޭގެ އިއުލާނުގައި ވަނީ ބުނެފައެވެ.
ވަކީލު ކަމުގެ ހުއްދަ ދެނީ ވަކީލު ކަމުގެ ހުއްދަ ދިނުމާ ބެހޭ ކޮމެޓީ އަކަށް ހުށަހެޅުމަށް ފަހު އެ ކޮމިޓީން ނިންމާ ފަރާތްތަކަށެެވެ. ކޮމިޓީގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެވެ.
އެންމެ ފަހުން ވަކީލުން ހުވާ ކުރުމަށް ބޭވި ރަސްމިއްޔާތުގައި 139 ވަކީލުން ވަނީ ވަކީލު ކަމުގެ ހުވާ ކޮށްފައެވެ.