ވެރިރަށް ބަދަލު ކުރައްވާފާންދޭވެ!

ކުއްޖަކު ޓެސްޓް ނިންމާފައި އައިސް މޮޅިވެ ދުއާ ކުރަން ފެށި އެވެ.
"މާތް ކަލާކޮ! އިންޑިޔާގެ ވެރި ރަށަކީ ބޮމްބޭ ކަމުގައި ލައްވާފާންދޭވެ!"

އެކުއްޖާގެ މަންމަ ސުވާލު ކުރި އެވެ:

"ތިޔައީ ކޮންހަލަ ދުއާއެއް؟"
"މިއައީ އިމްތިހާނުގައި އެހެން ލިޔެފައި. މުދައްރިސް ޕޭޕަރު މާކް ކުރުމުގެ ކުރިން އިންޑިޔާގެ ވެރިރަށް ބޮމްބޭއަށް ބަދަލު ނުވެއްޖެ ނަމަ އަޅުގަނޑު ޓެސްޓުން ފޭލް ވާނެ،"