01 Mar 2018, 09:35
ސޯޝަލް މީޑިއާ ވިއުގަ، ޓްވިޓާއިން ބުކްމާކް ފީޗާއެއް ތައާރަފްކުރަން ނިންމައިފިއެވެ.
މިއީ ޓްވީޓެއް ފަހުން ބަލާލަން ސޭވްކޮށްލަން ބޭނުން މީހުންނަށް ވަރަށް މުހިއްމު ފީޗާއެކެވެ. ޓްވިޓާ ބޭނުންކުރާ ހުރިހާ މީހުންނަށްވެސް މި ފީޗާ ލިބޭނެއެވެ.
މި ފީޗާ ބޭނުންކޮށްގެން ޓްވީޓް ސޭވްކުރިނަމަވެސް އަނެއް މީހާއަށް ނޯޓިފިކޭޝަންއެއް ނުދާނެއެވެ. ބުކްމާކްގެ އިތުރުން ޓްވިޓާއިން އަންނަނީ "ޝެއަރިން އޮޕްޝަންސް" އެއް ތަނަކަށް ލުމަށް މަސައްކަތްކުރަމުންނެވެ.
ޓްވިޓާ އިން ބުނީ ބުކްމާކް ފީޗާއެއް ތައާރަފްކުރީ ގިނަބައެއްގެ އެދުމުގެ މަތިން ކަމަށެވެ.
މި ފީޗާ ޓްވިޓާގެ އެންޑްރޮއިޑް، އައިއޯއެސް އަދި މޮބައިލް ޓްވިޓާ ވެބްސައިޓު ބޭނުންކުރާ މީހުންނަށް މިއަދު ލިބޭނެއެވެ.