ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންހްގެ "ޕަދްމާވަތު" އަދި ވެސް އަންނަނީ އެކި ސިނަމާތަކުގައި މެދުކެނޑުމެއް ނެތި ދައްކަމުންނެވެ.

ފިލްމު ދައްކަން ފެށިތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު އެ ފިލްމަށް އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ލިބެމުންނެވެ. ސަލްމާންހާން އަދި ކެޓްރީނާ ކައިފް ލީޑް ރޯލުން ފެނިގެންދާ ފިލްމު "ޓައިގާ ޒިންދާހޭ"ގެ ރެކޯޑް "ޕަދްމާވަތު" އިން ވަނީ މުގުރާލައިފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ޕަދްމާވަތު" ދައްކައިގެން ފިލްމަށް ވަނީ މިހާތަނަށް 564 ކުރޯޑު ހޯދައިފަ އެވެ. "ޓައިގާ ޒިންދާ ހޭ" އަށް ލިބުނީ 562 ކުރޯޑެވެ. މި އަދަދާ އެކު "ޕަދްމާވަތު" އިން ވަނީ "ޓައިގާ ޒިންދާ ހޭ"ގެ ރެކޯޑް މުގުރާލައިފަ އެވެ.

"ޕަދްމާވަތު" އަކީ އަދި ވެސް ސިނަމާތަކުގައި ދައްކަމުން އަންނަ ފިލްމަކަށް ވާތީ ފިލްމަށް ލިބޭނެ އާމްދަނީ އިތުރު ވާނެ ކަމަށް ބެލެވެ އެވެ. ދުނިޔޭގެ އެންމެ ވިޔަފާރި ރަނގަޅު ހަތް ފިލްމު ތެރޭގައި "ޕަދްމާވަތު" ހިމެނިފައިވެ އެވެ. "ޕަދްމާވަތު" އިން ވަނީ އާމިރު ހާންގެ "ދޫމް 3"ގެ ރެކޯޑް ވެސްް މުގުރާލައިފަ އެވެ.

މައުލޫމާތު: ފިލްމްފެއާ