01 Mar 2018, 09:15
ޒުވާނުން ބާރުވެރި ކުރުމަށް އުފައްދާފައިވާ ޖަމިއްޔާ، ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ)ގެ ގަލާ ނައިޓް ބާއްވައިފިއެވެ.
ދަރުބާރުގޭގައި ރަންނަބަނޑޭރި މާލަމުގައި ރޭ ބޭއްވި ރަފީގެ އިވެންޓްގައި ވަނީ އެ ޖަމިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކާއި އަދި އެޖަމިއްޔާއިން ފާހަގަކޮށްލެވޭ މެމްބަރުންނަށް އެވޯޑާއި މެޑަލްތައް ހަވާލުކޮށްފައެވެ.
ޒުވާނުންނާއި އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ރަފީ ޖަމިއްޔާގެ ގާލާ ނައިޓް ޝަރަފްވެރިކޮށްދެއްވީ ސަން ސިޔާމް ގުރޫޕްގެ ޗެއާމަން އަހްމަދު ސިޔާމް މުހައްމަދެވެ.
ރަފީ ޖަމިއްޔާގެ މެމްބަރަކަށް އެވޯޑް އަރުވަނީ -- ސަން ފޮޓޯ؛ މުަހައްމަދު އަފުރާހު
ރޭގެ ރަސްމިއްޔާތުގައި ވަނީ ޔޫތު އެންޕަވާމަންޓްްގެ ޗެމްޕިއަން އޮފް ދަ އިޔާގެ ނަމުގައި އެލީޓް އެވޯޑެއް ދެ ބޭފުޅަކަށް އަރުވައިފައެވެ. މިއަހަރު އެ އެވޯޑް ހާސިލްކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްއެވެ.
ޒުވާނުންނާއި އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާގެ ގާލާ ނައިޓްގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ގާލާ ނައިޓްގައި ވަނީ އޭޝިއާއިން އެންމެ ފާހަގަ ކޮށްލެވޭ ޒުވާން ލީޑަރަކަށް އިންޓަނޭޝަނަލް ޔޫތު ކޮމެޓީގެ ޗެއާމަން ޑރ. ކޭކޭ ސިންގް ހޮވައިފައެވެ.
ޔޫތު މިނިސްޓަރު އިރުތިޝާމް ރަފީގެ ބޯޑު މެމްބަރުންނަށް ގޯލްޑް ބެޖް އަރުވަނީ -- ސަން ފޮޓޯ: މުަހައްމަދު އަފުރާހު
ހުރިހާގޮތަކުން އެންމެ ރަނގަޅު ލީޑަރަކަށް ހޮވައިފައިވަނީ މެލޭނިއަމް ޔޫތް އެމްބެސެޑަރުން ކަމަށްވާ އަހުމަދު ޖަނާހުއާއި އަދި ފާތިމަތު މަމްދުހާއެވެ.
ރޭ ވަނީ "މިތުރު"ގެ ނަމުގައި ލަވަ އަލްބަމެއް ވެސް ނެރެފައެވެ.
ޒުވާނުންނާއި އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާގެ ގާލާ ނައިޓްގެ ތެރެއިން: ސަން ސިޔާމް ގުރޫޕްގެ ޗެއާމަން އަހްމަދު ސިޔާމް މުހައްމަދު ޝަރަފުވެރި ކޮށްދެއްވި މި ރަސްމިއްޔާތުގައި ވަނީ "މިތުރު" އަލްބަމްގެ ނަމުގައި ލަވަ އަލްބަމެއްވެސް ނެރެފަ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް