28 Feb 2018, 16:23
ލޯބިވާ ފަރާތްތަކަށް ހަދިޔާ އަކަށް ދިނުމަށް އެ މުނާސަބާއަކާ ގުޅޭގޮތަށް އަމިއްލައަށް ޑިޒައިންކުރެވޭނެ ގިފްޓާ ކާޑެއް ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފްކޮށްފިއެވެ.
ބީއެމްއެލްއިން ފުރަތަމަ ގިފްޓް ކާޑް ތައާރަފްކުރީ މީގެ ދެ އަހަރު ކުރިން މޯލްޑިވިއަން އައިޑޮލްގެ ޝޯގެ ތެރެއިން ނެވެ.
އަމިއްލައަށް ޑިޒައިން ކުރެވޭނެ ގިފްޓްކާޑް ތައާރަފްކުރީ މިއަދު ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީންއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލް ގިފްޓް ކާޑު މިހާރުވެސް ބައެއް ފިހާރަތަކުން ލިބެން ހުރި ކަމުގައި ވިޔަސް މިއަދު ތައާރަފް ކުރާ ގިފްޓް ކާޑަކީ ބީއެމްއެލްގެ ވެބްސައިޓް ބޭނުންކޮށް ގިފްޓް ކާޑުގެ ޕޯޓަލްގައި އެ މުނާސަބާއަކާ ގުޅޭނެ ގޮތަކަށް އަމިއްލައަށް ޑިޒައިން ކުރެވޭނެ ގިފްޓް ކާޑެއް ކަމަށެވެ.
ގިފްޓް ކާޑާއި ބެހޭގޮތުން ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ގިފްޓް ކާޑަކީ މުނާސަބަތުތަކާ ގުޅޭގޮތުން ލޯބިވާފަރާތް ތަކަށް ފައިސާގެ ގޮތުގައި ދެވޭނެ ހަދިހާއެކެވެ. އެ ކާޑުގައި ހުންނަ ފައިސާ ހުސްވަންދެން ޕީއޯއެސް މެޝިން ބޭނުންކޮށްގެން ވިޔަފާރި ކުރެވުނު ނަމަވެސް، އޭޓީއެމް ބޭނުންކޮށްގެން ކާޑުން ފައިސާ ނުނެގޭނެއެވެ.
ޑިޒައިން ކުރެވޭނެ ގޮތް ހަދައި މިއަދު ތައާރަފް ކުރި ގިފްޓް ކާޑަކީ ބީއެމްއެލްއިން މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށްގެންދާ އަހަރެންގެ ބޭންކުގެ އެންމެ ފަހު ހަރަކާތުގެ ގޮތުގައި ކުރިއަށްގެންދިޔަ ހަރަކާތެވެ.