28 Feb 2018, 11:45
ޗައިނާގެ ޓެކްނޮލޮޖީ ކުންފުނި ވާވޭއިން އަންނަ މަހުގެ ތެރޭގައި އާ ސްމާޓްފޯނެއް ނެރޭނެކަމަށް ބެލެވެއެވެ. މި ފޯނުގެ ނަމަކީ ޕީ20 ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަބަރުތައް ބުނާގޮތުން މި މޮޑެލްގެ ތިން ފޯނެއް އެ ކުންފުނިން ނެރޭނެއެވެ. އެއީ ޕީ20، ޕީ20 ލައިޓް އަދި ޕީ20 ޕްލަސް އެވެ.
މި ފޯނުތައް ގިނަ ކުލަތަކަކުން ލިބެން ހުންނާނެއެވެ. ޕީ20 އަދި ޕީ20 ޕްލަސް ސެރެމިކް ބްލެކް އަދި ޓްވައިލައިޓް ކުލައިން ލިބެން ހުންނާނެ ކަމަށާއި، ޕީ20 ކްލެއިން ބްލޫ، މިޑްނައިޓް ބްލެކް އަދި ސަކޫރާ ޕިންކް އިން ލިވބެން ހުންނާނެކަމަށް ރިޕޯޓުތައް ބުނެއެވެ.
އެންޑްރޮއިޑް އޯރިއޯ އޯއެސް އާއެކު ނެރޭ މި ފޯނުގައިވެސް ހެޑްފޯނު ޖެކު ނުހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވާވ ޕީ20 ޕްލަސްގެ ލީކް ފޮޓޯއެއް----
ޕީ 20 ޕްލަސްގައި 40 މެގަ ޕިކްސެލްގެ ޓްރިޕްލް ލެންސް ކެމެރާ އަދި ޕީ 20 ލައިޓް އާއި ޕީ20 ގައި ޑުއަލް ކެމެރާ ހިމެނޭނެއެވެ. ޕީ20 ޕްލަސްގެ ފްރަންޓް ކެމެރާއަކީ 24 މެގަ ޕިކްސެލްގެ ކެމެރާ އެކެވެ.
މި ފޯނުތައް އަންނަ މަހުގެެ ފަހުކޮޅު ދައްކާލާނެ ކަމަށް ހަބަރުތައް ބުނެއެވެ.