28 Feb 2018, 11:46
ބެލުންތެރިންގެ މެދުގައި މަގްބޫލު ސީރީޒް "ޖޭމްސް ބޮންޑް"ގެ ޑައިރެކްޓަރު ލުއިސް ގިލްބަޓް ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
ލަންޑަނަށް އުފަން ލުއިސް މަރުވީ، އޭނާގެ އުމުރުން 97 އަހަރުގައެވެ. ޖޯން ގިލްބަޓް (ލުއިސްގެ ދަރިފުޅު) ބުނީ ބައްޕަ މަރުވީ ހަނދާން ނެތޭ ބަލި ތަހައްމަލު ކުރަމުންދާތާ ދުވަސްތަކެއް ވެފައި ވަނިކޮށްކަމަށެވެ.
ލުއިސް މަރުވެފައި އޮއްވާ ފެނުނީ ނިދާފާ އޮއްވައި ކަމަށް ވެސް ޖޯން ބުންޏެވެ.
ލުއިސް މަރުވިއިރު އޭނާ ވަނީ 45 އަށް ވުރެ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ. އޭނާ ވަނީ ފިލްމީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީ، އަދި އެ ދާއިރާގައި 60 އަށް ވުރެ ގިނަ އަހަރު ހޭދަކޮށްފައެވެ.
އޭނާ އެންމެ ފަހުން އުފެއްދި ފިލްމަކީ 2002 ވަނަ އަހަރު އުފެއްދި ފިލްމު "ބޮފޯ ޔޫ ގޯ" އެވެ. ލުއިސް އަކީ ކުޅަދާނަ، ކާމިޔާބު ޑައިރެކްޓަރެކެވެ.
މައުލޫމާތު: އިންޑިޕެންޑެންޓް