މެއިމަހުގެ 19 ވަނަ ދުވަހު އޮންނަ އިނގިރޭސި ޝާހީ ކައިވެނީގެ ދައުވަތު، އިނގިރޭސި ލެޖެންޑަރީ ޕޮޕް ބޭންޑު ސްޕައިސް ގާލްސްގެ ހުރިހާ މެންބަރުންނަށް ފޮނުވައިފިއެވެ.

މި ގުރޫޕުގައި ހިމެނެނީ ވިކްޓޯރިއާ ބެކަމް އާއި މެލޭނީ ބްރައުން (މެލް ބީ)، ގެރީ ހޯނާ، އެމާ ބަންޓަން އަދި މެލޭނީ ޗިޒަމް އެވެ.

ޓޯކް ޝޯ އެއްގައި ވާހަކަ ދައްކަމުން މެލް ބީ ވަނީ، އެ ކައިވެނީގެ ދައުވަތު ބޭންޑުގެ ހުރިހާ މެންބަރުންނަށް ލިބިފައިވާކަން ހާމަކޮށްފައެވެ. 1994 ވަނަ އަހަރު އުފެއްދި މި ބޭންޑުގެ ލަވައެއް އެންމެ ފަހުން އިވިފައިވަނީ 2007 ވަނަ އަހަރުއެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ ފަހުން މި ގްރޫޕުގެ ހުރިހާ މެންބަރުން އެންމެ ފަހުން ބައްދަލުވީ މީގެ ތިން ހަފްތާ ކުރިންނެވެ.

ސްޕައިސްގާލްސް، އެމީހުންގެ ގޮތުގައި އަދިވެސް އެބައޮތް ކަމަށް އެ ބޭންޑުން ވަނީ ބުނެފައެވެ. މިއަހަރު ސްޕައިސް ގާލްސްގެ ޓުއާ އެއްވެސް އޮންނާނެއެވެ.

ސްޕައިސްގާލްސްގެ ލަވަތަކުގެ ތެރޭގައި ވަނަ ބީ، ގުޑްބައި، ލާސްޓް ޓައިމް ލަވާ ފަދަ ލަވަތައް ހިމެނެއެވެ. އެ ބޭންޑުން ވަނީ 12 އަލްބަމެއް ނެރެފައެވެ.

ޝާހީ ކައިވެނީގައި ސްޕައިސް ގާލްސްގެ ހުށަހެޅުމެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މިހާރު ރިޕޯޓުތައް ބުނާގޮތުން އެޑް ޝީރަން އަށްވެސް ވަނީ ޝާހީ ކައިވެނީގައި ޕާފޯމު ކުރަން ދައުވަތު ލިބިފައެވެ.