ޖަޕާނުގެ މަޝްހޫރު ސޮނީ ކުންފުނިން ބާޒާރަށް ނެރޭއެކްސްޕީރިޔާ އިއާ ޑުއޯ ވަޔަލެސް އިއާ ބަޑްސްއަށް ޕްރީ އޯޑާކުރަން ހުޅުވާލައިފިއެވެ. މި އުފެއްދުން ބާޒާރަށް ނެރޭނީ އަންނަ މެއި މަހުގެ ތެރޭގައެވެ.

އުފެއްދުން ބާޒާރަށް ނެރުމަށް ސޮނީ އިން ވަނީ ދެ އަހަރު ވަންދެން މަސައްކަތްކޮށްފައެވެ. މިއީ ސޮނީގެ ނޮއިސް ކެންސަލިން ހެޑްފޯންސްއާ އަޅާބަލާއިރު ތަފާތު ބޮޑު އިއާ ބަޑްސްއެކެވެ. އެގޮތުން ޑުއަލް ލިސަނިން ފީޗާ މި އިއާ ބަޑްސްގައި ހިމެނޭނެ ކަމަށާއި ފޯނުން އަޑުއަހާ އެއްޗެއްގެ އިތުރުންވަށައިގެންވާ މާހައުލުން އިވޭ އަޑުތައްވެސް އިވި، ގޫގުލް އެސިސްޓެންޓު އަދި ސިރީ އިންޓަގްރޭޝަންގެ ފީޗާވެސް ވަނީ މި އުފެއްދުމުގައި ހިމަނައިފައެވެ.

މި އުފެއްދުން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް ފޯނުގައި ވަކި އެޕްލިކޭޝަނެއް ގެންގުޅެން ޖެހޭނެ ކަމުގެ އިޝާރާތެއްވެސް ސޮނީ އިން ވަނީ ދީފައެވެ.

މިއީ "ހެޑް ގެސްޗާސް" އަށްވެސް މަސައްކަތް ކުރާނެ އިއާ ބަޑްސް އެކެވެ. އެގޮތުން ކަނާތްފަރާތަށް ބޯ ގެންދިއުމުން އަޑުއަހާ ލަވަ، ޖެހިގެން އިންނަ ލަވައަށް ބަދަލުވާނެއެވެ.

މި އިއާ ބަޑްސް ނެރޭނީ ކަޅު އަދި ގޯލްޑް ކުލައިންނެވެ. އާންމުކޮށް ފިހާރަތަކުގައި މެއި މަހު ފަހުކޮޅުން ފެށިގެން ހުންނާނެއެވެ. އެމޭޒަން އިން މިހާރު ވަނީ ޕްރީ އޯޑާ ނަގަން ފަށައިފައެވެ.