22 Aug 2011, 15:56
އައިޖީއެމްއެޗްގެ ބިއްލޫރިގަނޑެއް ތަޅާލި ސިކުނޑި ހަމަނުޖެހޭ މީހަކު ޒަހަމްވެއްޖެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ އިމަޖެންސީ ރޫމަށް މީހުން ވައްދާ މައި ދޮރުގެ ބިއްލޫރިގަނޑު އެ މީހާ ތަޅާލީ އޭނަ ބަލާނެ ޑޮކްޓަރު ޑިއުޓީގައި ނެތުމުން ކަމަށެވެ. އަދި ދޮރުގެ ބިއްލޫރިގަނޑު ތަޅާލި އިރު ދޮރުގައި ތަޅު އަޅުވާފައިވާ ކަމަށް ޒީނަތު ވިދާޅުވި އެވެ. ބިއްލޫރިގަނޑު ތަޅާލުމުން އޭނާ އަށް ކުދިކުދި ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި ނަމަވެސް މާ ސީރިއަސް ޒަހަމްތަކެއް ނެތް ޒީނަތު ވިދާޅުވި އެވެ. އަދި މިހާރު އޭނާ އަށް އެމެޖެންސީގައި ފަރުވާދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮނޑު ހުޅާއި އޮޅުބުށިން ކަފައިގެން ގޮސްފައި ވަނީ. އެހާ ބޮޑު ޒަހަމެއް ނެތް،" ޒީނަތު ވިދާޅުވި އެވެ.