މަތީތައުލިބޭ ބެހޭގޮތުން ސަރުކާރަށް ލަފާދީ މަޝްވަރާ ކުރުމަށް އުފައްދައިފައިވާ ޖަމްއިއްޔާ، ޕްރައިވެޓް ހަޔާ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ފީމް)ގެ އާ ދައުރަކަށް، އެ ޖަމްއިއްޔާގެ ބޯޑު އެކުލަވައިލައިފިއެވެ.

ސައިރިކްސް ކޮލެޖުގެ ގަލޮޅު ކެމްޕަސްގައި މިއަދު ބޭއްވި ފީމްގެ ފަސް ވަނަ އަހަރީ ޖަލްސާގައި ވަނީ އެ ޖަމްއިއްޔާގެ ބޯޑަށް ހަ މެމްބަރުން އިންތިޚާބު ކޮށްފައެވެ.

ފީމްގެ ބޯޑަށް މިއަހަރަށް އިންތިހާބު ބޭފުޅުން

  • ރައީސް: އަބްދުލް އަޒީޒް އިބްރާހިމް ( މެޕްސް ކޮލެޖް - ޑެޕިއުޓީ ރެކްޓާ)

  • ނާއިބު ރައީސް - ހަސަން އަބްދުﷲ ސައީދު (ކްލިކް ކޮލެޖް - ނާއިބު ރައީސް)
  • ޓެރެޝަރީ- އަބްދުﷲ މުޝްތާގު ރަޝާދު (އެވިޑް ކޮލެޖް- ޗެއާމަން)
  • އިންތިޒާމް ސެކެޓްރީ- (އަހުމަދު ޝަރީފް- ސައިރިކްސް ކޮލަޖު ޗެއާމަން)
  • އާންމު މެމްބަރު - ޑރ. އަންވަރު އަހުމަދު ( ވިލާ ކޮލެޖު - ރެކްޓާ)
    އާންމު މެމްބަރު - ހަސަން ހަލީމް ( މައި ކޮލެޖު- ވައިސް ރެކްޓާ)

މިއަދުގެ ޖަލްސާގައި އެ ޖަމްއިއްޔާގެ މެމްބަރުން އަމަލުކުރާނެ ސުލޫކީ މިންގަނޑުގައި މެމްބަރުން ވަނީ ސޮއިކޮށްފައެވެ.ެ

ފީމްގެ ހިންގާ ގަވައިދަށް ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން ކުރިން އެއް އަހަރުގެ ދައުރަކަށް ބޯޑަށް މެމްބަރުން އެކުލަވާލި ނަމަވެސް މިއަދު ވަނީ ބޯޑުގެ މެމްބަރުންގެ ދައުރަކީ ދެ އަހަރު ކަމަށް ކަނޑައަޅާފައެވެ.

އޭގެ އިތުރުން ފީމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ޑރ. އާމާލް އަލީ މިއަދު ވަނީ އައްޔަނުކޮށްފައެވެ.

ދެހާސް ނުވަވަނަ އަހަރު އެކުލަވާލި ފީމްގައި މިއަހަރު އިތުރު ތިން ޓްރެއިނިން އިންސްޓިޓިއުޓަކުން ވަނީ ބައިވެރިވެފައެވެ. އެއީ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއާއި ދިވެސް އިންސްޓިޓިއުޓުގެ އިތުރުން ޓްރެއިނިން އިންސްޓްޓިއުޓް ފޯ ޕްރެފެޝަނަލް ސާވިސާސް (ޓިޕްސް) އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އާމާލް އަލީ ވިދާޅުވީ އެ ޖަމްއިއްޔާއަށް އިތުރު ތަމްރީނު ހޯދުމަށް ޕާކިސްތާނުގެ ޓްރެއިނިން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އަންނަ މަހު ތިނެއްގަ އެބަ ފުރަން އަޅުގަނޑުމެންގެ ޓީމެއް ކޮލެޖުތައް ނިސްބަތްވާގޮތަށް 14 މެމްބަރުން ހިމެނޭ ގޮތަށް ޕާކިސްތާނަށް އެތަނުގެ ޔުނިވާސީޓތަކާއި އިންސްޓިޓިއުޓްތައް ހިމެނޭގޮތަށް އަޅުގަނޑުމެންނަށް އިތުރު މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު ލިބޭ ގޮތަށް. މީގެ ސަަބަބުން އިތުރު މައުލޫމާތުތަކެއް ލިބި އިލްމީ ގޮތުން އިތުރު ކުރިއެރުންތަކެއްް ލިބިގެންދާނެ،" އާމާލް ވިދާޅުވިއެވެ.