ކަސްޓަމަރުންނަށް އިތުރު ފައިދާތަކާއި ފަސޭހަ ގެނެސްދޭ، ވަރަށް ތަފާތު އެޑް-އޮންތަކެއް އުރީދޫ ކަސްޓަމަރުންނަށް ތައާރަފުކޮށްފިއެވެ.

އުރީދޫއިން މިއަދު ތައާރަފުކުރި ދެ އެޑް އޮންއަކީ ދިވެހި ރައްޔިތުންގެ އާންމު ދިރިއުޅުމަށް އިތުރު ފުރިހަމަކަމާއި ފަސޭހަކަން ގެނެސްދިނުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ތައާރަފުކުރި ދެ ޕްރޮޑަކްޓް ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫގެ ހެޑް އޮފް ބްރޭންޑް، ޑިޖިޓަލް އެންޑް ޕީއާރް، އަރުޝަދު ޝާކިރު ވިދާޅުވީ، މިއަދު ތައާރަފްކުރި އާ ދެ ޕެކު ބޭނުންކޮށް، ހެޔޮއަގުގައި ގިނަ ފައިދާތަކެއް ހޯދޭނެ ކަމަށެވެ.

މިއަދު ތައާރަފްކުރެވުނު މެޖިކް ޕެކްތަކުގެ ތެރޭގައި ހިމެނެނީ:

  • މެޖިކް އަންލިމިޓެޑް 102

އުރީދޫގެ އަންލިމިޑްޓް ޕޯޓްފޯލިއޯއަށް އަލަށް އިތުރުކުރެވުނު މެޖިކް އަންލިމިޓެޑް ޕެކު މެދުވެރިކޮށް، 102 ރުފިޔާއަށް، އުރީދޫ ނެޓްވޯކު ތެރޭގައި އެއްވެސް އިތުރު ޗާޖަކާ ނުލާ ގުޅޭނެކަމަށް އުރީދޫއިން ބުންޏެވެ. އެ ޕެކުގެ އެހީގައި، 30 ދުވަހުގެ މުއްދަތަށް، ގާތް ތިމާގެ މީހުންނާއި ރަހުމަތްތެރިންނަށް ބޭނުން މިންވަރަކަށް ގުޅޭނެކަމަށްވެސް އުރީދޫއިން ބުންޏެވެ.

މެޖިކް އަންލިމިޓެޑް 102 ޕެކް ހިޔާރުކުރެއްވުމަށް، "102" ޖެއްސެވުމަށް ފަހު 1111 އަށް ފޮނުވައި އެކްޓިވެޓް ކުރެވޭނެއެވެ.

  • މެޖިކް ޑޭޓާ 202

މެޖިކް ޑޭޓާ 202 މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް، ދެ ޖީބީ ޑޭޓާ، އަދި އަންލިމިޓެޑް ޓްވިޓާ ލިބުމުގެ އިތުރުން، 100 ޕަސެންޓް ބޯނަސް ޑޭޓާ ލިބުމުގެ ފުރުސަތުވެސް ލިބޭނެކަމަށް އުރީދޫއިން ބުންނެވެ. އެ ޚާއްސަ ޕެކާއެކު ލިބޭ ޑޭޓާގެ އިތުރުން، 30 ދުވަހުގެ ތެރޭގައި ބޭނުންކުރެވޭ އެކްސެސް ޑޭޓާއަށް ޗާޖް ކުރެވޭނީ، އެމްބީ އަކަށް އެންމެ 0.15 ލާރި ކަމަށްވެސް އުރީދޫއިން ބުންނެވެ.

ޕެކް ހިޔާރުކުރެއްވުމަށް، "202" ޖެއްސެވުމަށް ފަހު 5555 އަށް ފޮނުއްވައި އެކްޓިވޭޓް ކުރެވޭނެއެވެ.