27 Feb 2018, 10:21
ވަން ޕްލަސް 5 އަދި 5ޓީ ފޯނުތަކުން އެޗްޑީކޮށް ވީޑިއޯ ސްޓްރީމް ނުކުރެވޭ ކަންތައް ސަމާލުކަމަށް އައީ ހުސްވި ޑެސެމްބަރު މަހުގެ ތެރޭގަ އެވެ. އެ މައްސަލަ އެކުންފުނިން މިހާރު ވަނީ ހައްލުކޮށްފަ އެވެ.
މިހާރު ބޭނުންކުރާ ފޯނުތަކުން މި މައްސަލަ ހައްލުކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު އެބައޮތެވެ. އެކަމަކު ފޯނު ޖެހޭނީ ވަން ޕްލަސް އަށް ފޮނުވާށެވެ.
ފޯނުގެ މައްސަލަ ހައްލުކުރަން ބޭނުންވާ ކަސްޓަމަރުންގެ ތެރެއިން ނޯތު އެމެރިކާ، އިންޑިއާ އަދި ޗައިނާގެ ކަސްޓަމަރުން ފޯނު މެއިލް ކުރަންދާ ހަރަދު ދޭން ވެސް ކުންފުނިން ވަނީ ނިންމައިފަ އެވެ.
ވަން ޕްލަސްގެ ކަސްޓަމާ ސަޕޯޓު ޓީމާ ގުޅިގެން ފޯނުގެ މައްސަލަ ހައްލުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ފޯނު ކުންފުންޏަށް ގެންގޮސްގެން މައްސަލަ ހައްލު ކުރަނީ އިތުބާރު ކުރެވޭ ފަރާތެއްގެ އަތުން އެކަން ކުރުމަށް ކަމަށާއި ވަން ޕްލަސްގައި ހުރި ހާއްސަ ކޮމްޕިއުޓަރަކަށް ފޯނު ގުޅައިގެން މައްސަލަ ހައްލުކޮށްދޭނެ ކަމަށް ކުންފުނިން ވަނީ ބުނެފަ އެވެ.
ވަންޕްލަސް 5 އަކީ ހުސްވި އަހަރުގެ އެންމެ ކާމިޔާބު އެއްފޯނެވެ.