ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް ތަރި ވަރުން ދަވަންއަށް ނިމިގެން ދިޔަ އަހަރަކީ ވަރަށް ކާމިޔާބު އަހަރެކެވެ.

"ޖުޅްވާ 2"ގައި އޭނާ ހޯދި ކާމިޔާބީއަށްފަހު އޭނާ ވަނީ މިހާރު ފިލްމެއް ކުޅެދޭ އަގު ވެސް ބޮޑުކޮށްފައެވެ.

"ޖުޅްވާ 2"ގެ އެކްޓަރު ވަނީ ވަރަށް ފަހުން އޭނާގެ މައިންބަފައިންގެ ގެއިން ނުކުމެ، އަމިއްލަ އެޕާޓްމަންޓެއް ގަނެފައެވެ.

އެއާއެކު ވަރުން މި އަހަރު ތެރޭ އޭނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލް އާ ކައިވެނި ކުރަން އުޅޭ ކަމަށް ބޭރުގެ ހަބަރުތައް ބުނަންފެށިއެވެ. ކައިވެނި މިއަހަރު ތެރޭ ކުރާނެތޯ، "މުމްބައި މިރާ"އިން ސުވާލުކުރުމުން ވަރުން ބުނީ ނަތާޝާއާ ކައިވެނި ކުރަން ބޭނުންވާ ކަމަށެވެ.

"އަހަރެން ވަރަށް ބޭނުން ނަތާޝާ އާ ކައިވެނި ކުރަން. އެކަމަކު މަންމަމެން ނޭނގެ އެކަމަށް ރިއެކްޓް ކުރާނެ ގޮތެއް. ޕަންޖާބީ އަކަށްވީމަ އާ އެކީ މަންމަ މެން ބޭނުންވާނީ ސަގާފަތާ އެއްގޮތަށް ކައިވެން ކުރަން،" ވަރުން ބުންޏެވެ.

އާ އެޕާޓްމަންޓަށް ބަދަލުވިތާ މާ ގިނަ ދުވަހެއް އަދި ނުވާ ކަމަށާއި ބޭނުންވަނީ ދެ ތިން އަހަރަށް ފަހު ކައިވެންޏެއް ކުރުމުގެ ވިސްނުން ގެންގުޅެން ކަމަށް އޭނާ ބުންޏެވެ.

ނަތާޝާއާއި ވަރުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

މައުލޫމާތު: ސިޓީ ޓައިމްސް