ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އެއް ވަނަ ރަމަޒާން ބީޗް ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިމިގްރޭޝަން ހޯދައިފި އެވެ.
މުބާރާތުގެ ޗެމްޕިއަންކަން އިމިގްރޭޝަން ކާމިޔާބު ކުރީ ރޭ ކުޅުނު ފައިނަލް މެޗްގައި ފިއޮންޓީއާ ވާދަކޮށް 21ޕޮއިންޓް 10 ޕޮއިންޓުން މޮޅުވެގެންނެވެ.

ރޭގެ މެޗަށް ފަހު ވަނީ އޮކްޓޯބަރު މަހު 14 ސްރީލަންކާގެ ހަމްބަންޓޯޓާގައި އޮންނަ އެއްވަނަ ސައުތު އޭޝިއަން ބީޗްގޭމްސްގައި ވާދަކުރާ ގައުމީ ބީޗް ނެޓްބޯޅަ ޓީމު އިއުލާންކޮށްފަ އެވެ.

ސައުތު އޭޝިއަން ބީޗްގޭމްސްގައި ވާދަކުރާ ގައުމީ ބީޗް ނެޓްބޯޅަ ޓީމުގެ ސްކޮޑްގައި ހިމެނެނީ، އައިޝަތު ރީމާ އާއި ފާތުމަތު ނާޒިމާއި އައިޝަތު ނާޒިމާއި ރާޝިދާ ޔޫސުފާއި ޝިފާނާ އަލީ އާއި އައިމިނަތު ރީމް ޝާމާއި އައިމިނަތު ސަމާއި އީމާ ޢަބްދުއް ސައްތާރެވެ.