27 Feb 2018, 09:16
ނިކަލޯޑިއަންގެ ކާޓޫން ސްޕަންޖްބޮބް އަކީ މިހާރުގެ ޒުވާނުންގެ ޅަ ދުވަހުގެ އެންމެ ފޭވަރިޓް އެއް ކާޓޫނެވެ. މިހާރުވެސް އެ ކާޓޫނެއް ފެނުމުން ބަލަން އިނދެވޭކަހަލަ ކާޓޫނެކެވެ. މި ފަހުގެ ކުދިންގެ މެދުގައިވެސް މަގުބޫލު ސްޕަންޖްބޮބްގެ ފުރަތަމަ އެޕިސޯޑެއް ދައްކާފައިވަނީ 1999 ވަނަ އަހަރުއެވެ.
ސްޕަންޖްބޮބްގެ ވާހަކަ ދައްކަން މިޖެހުނީ ޓްވިޓާގެ ވެރިފައިޑް އެކައުންޓަކުން، އެ ކާޓޫނު ނިމެން އުޅޭކަމަށްބުނެ ޓްވީޓެއް ކުރުމާއެކު، ސްޕަންޖްބޮބްގެ ފޭނުން އެކަމާ ހިތާމަ ފާޅުކޮށް ވާހަކަ ދައްކާތީއެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްޕަންޖްބޮބްގެ އާ އެޕިސޯޑުތައް ދެއްކުން ހުއްޓާލާނެ ކަމަށް ބުނެ ކުރި އެ ޓްވީޓަކީ، ސްޕަންޖްބޮބްގެ އޮފިޝަލް އެކައުންޓުން ކޮށްފައިވާ ޓްވީޓެއް ނޫނެވެ. އަދި އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއްވެސް ނޫނެވެ.
ސްޕަންޖްބޮބްގެ ފޭނުންނަށް އޮތް އުފާވެރި ހަބަރަކީ، އެ ކާޓޫނުގެ އިތުރު އާ އެޕިސޯޑުތައް ދައްކަން ބޭނުންވާތީ، ކާޓޫނުގެ ޕްރޮޑިއުސަރުންނަށް ނިކަލޯޑިއަން އިން އެ ފުރުސަތު ދީފައިވާ ހަބަރެވެ.
މިހާރު ދައްކަނީ ސްޕޮންޖް ބޮބްގެ 12 ވަނަ ސީޒަން އެވެ. ކުރިއަށް ހުރި ދުވަސްތަކުގައި މަޖާ އެޕިސޯޑުތައް އަދިވެސް ފެންނާނެއެވެ.
ސްޕަންޖްބޮބް ނިންމާލަން އުޅޭކަމަށް ވާހަކަ ދެކެވުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އެކިފަހަރު މަތިން މި ކާޓޫނުު އުފެއްދުން ހުއްޓާލަން އުޅޭކަމަށް ވާހަކަ ދެކެވުނެވެ.
ސްޕަންޖްބޮބް އަކީ ކަނޑު އަޑީގައި އުޅޭ ދޮންކުލައިގެ ސްޕޮންޖެއްގެ ދިރިއުޅުޅުން ދައްކައިދޭ ކާޓޫނެކެވެ.
why is there a rumor about spongebob ending every single yearpic.twitter.com/eEuOh12zzW
— mar (@niallspIatt)February 25, 2018