މާދަމާ ބާއްވަވާ ވަޒީރުންގެ މަޖިލީހުގެ ޖަލްސާ، ގދ. ތިނަދޫގައި ބާއްވަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

އެ ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރު ފަހު 1ޖަހާއިރު ތިނަދޫ އާބާދީ މަރްކަޒުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ޖަލްސާގައި ތިނަދޫގެ ނަން ބަދަލުކުރުމަށް ތިނަދޫ ރަށު ކައުންސިލުން ހުށަހަޅުއްވާފައިވާ އިލްތިމާސާ ބެހޭ ގޮތުންނާއި ތިނަދޫގެ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުންނާއި މަތި ދެކުނު ސަރަޙައްދުގެ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުން އޮންނާނީ އެ ޖަލްސާގެ ކުރިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.