ދުނިޔޭގައި އެންމެ ބޮޑު މުސާރަ ލިބެނީ އިންޑިއާގެ މުމްބާއީގައި މަސައްކަތްކުރާ ބޭރު މީހުންނަށް ކަމަށް މަޝްހޫރު ބޭންކް އެޗްއެސްބީސީން ކުރި އެކްސްޕެޓް އެކްސްޕްލޯރާއިން ސާވޭއިން ހާމަވެއްޖެއެވެ.

ސާވޭއިން ހާމަވިގޮތުގައި މުމްބާއީގައި މަސައްކަތްކުރާ ބިދޭސީންނަށް އަހަރަކު 217،615 އެމެރިކާ ޑޮލަރު މުސާރާއިގެ ގޮތުގައި ލިބެއެވެ. މުޅި ދުނިޔޭގައި އެވްރެޖްކޮށް އެހެން ގައުމުތަކުގައި މަސަައްކަތްކުރާ ބިދޭސީންނަށް ލިބެނީ 99،903 އެމެރިކާ ޑޮލަރެވެ.

މުމްބާއީއަށް ފަހު އެންމެ ގިނައިން އާމްދަނީ ލިބެނީ އެމެރިކާގެ ސެންފްރެންސިސްކޯގައި މަސައްކަތްކުރާ ބިދޭސީންނަށެވެ. އެ ސިޓީގައި މަސައްކަތްކުރާ ބިދޭސީންނަށް އަހަރު މުސާރައިގެ ގޮތުގައި 207،227 އެމެރިކާ ޑޮލަރު ލިބެއެވެ.

މުމްބާއީގެ އިތުރުން އެންމެ ގިނައިން ބިދޭސީންނަށް އާމްދަނީ ލިބޭ ސިޓީތަކުގެ ތެރޭގައި އޭޝިއާގެ އިތުރު ތިން ގައުމެއްގެ ސިޓީތައް ވެސް ހިމެނެއެވެ. އޭގެ ތޭރެގައި ޝަންގްހާއީ، ޖަކާޓާ ހޮންގް ކޮންގް ހިމެނެއެވެ.

ސާވޭއިން ހާމަވި ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 31 ސިޓީއެއްގައި މަސައްކަތްކުރާ ބިދޭސީންނަށް އެވްރެޖްކޮށް އާމްދަނީގެ ގޮތުގައި 100000 އެމެރިކާ ޑޮލަރު އަހަރަކު ލިބެއެވެ.

ދުނިޔޭގެ އެކި ސިޓީތަކުގެ ތެރެއިން އެންމެ މަދުން ބިދޭސީންނަށް އާމްދަނީ ލިބޭ ސިޓީގެ ގޮތުގައި އިނގިރޭސިވިލާތުގެ އެޑިންބާގް ވަނީ ހިމެނިފައެވެ. އެ ސިޓީގައި މަސައްކަތްކުރާ ބިދޭސީންނަށް އަހަރަކު ލިބެނީ އެންމެ 56250 އެމެރިކާ ޑޮލަރެވެ.

މައުލޫމާތު: ބްލޫމްބާގް